ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެޑްމިނިސްޓްރޭޝަން)

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ (އެޑްމިނިސްޓްރޭޝަން)

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 9124.50 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 3910.50 ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް

32

ގްރޭޑް

ADG6-1

މަޤާމުގެ ޝަރްޠުތައް:

  • އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ޢިމާރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން
  • އިމާރާތަށް ބޭނުންވާ މަރާމާތުތައް ބަލައި ލަސްނުކޮށް އެކަންކަން ހައްލުކޮށް ބެލެހެއްޓުން
  • ކިޔަވައިދިނުމަށް ކްލާސްރޫމްތައް ތައްޔާރުކޮށް ބަލަހައްޓައިދިނުމަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ ކަރަންޓާއި އިލެކްޓްރިކަލް ފިޓިންގްސްއަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކުގެ އެހީގައި ހައްލުކޮށް ބެލެހެއްޓުން
  • ޔުނިވަރސިޓީގެ އެއަރކޮންޑިޝަނަރތަކަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ޢިމާރާތަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ބޭނުންވާ ކުރެހުންތަކާއި ހުއްދަތައް، ކަމާބެހޭ ފަރާތްތަކުން ހޯދުމާއި، އެ މަސައްކަތްތައް ކުރެވޭނަމަ، އެކަންތައްތައް ބެލެހެއްޓުން
  • ތަނުގެ ފާޚާނާތަކާއި ފަރުނީޗާރތަކަށް ލިބޭ ގެއްލުންތައް ބަލާ، ތަނުގެ ފެސިލިޓީސް ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި ބޮޑެތި މަރާމާތްތައް ވެރިންގެ އިރުޝާދުގެ މަތިން ކުރުވުން.
  • މެއިންޓަނަންސާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހުޅުވަންޖެހޭ ތަންތަން ހުޅުވައި، މަސައްކަތްކުރަމުންދާއިރު ތަނާއި ތަކެތި ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުން.
  • ތަނުގެ އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  • ކޮންޓުރެކްޓް މަސައްކަތަށް ޙަވާލުކުރެވިފައިވާ މެއިންޓަނަންސް މަސައްކަތްތަކުގެ ލޮގް ރިޕޯޓާއި މަސައްކަތް ކުރިގޮތުގެ ރިޕޯޓް ފުރިހަމަކުރުން.
  • ޔުނިވާސިޓީގެ ރިސެޕްޝަން އަދި މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
  • އެޑްމިނިސްޓްރޭޝަން އެންޑް މެއިންޓެއިނެންސް ޑިޕާޓްމަންޓުގެ ހުރިހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން
  • ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންނާއި ގުޅޭ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙް ކުރުމާއި ފިޔަވަޅު އެޅުން.
  • ޑިޕާރޓްމަންޓްއިން ކުރާ އެކިއެކި މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތި ރިކުއެސްޓްކުރުމާއި، ލިބޭ ތަކެއްޗާއި، ބޭނުންކުރެވޭތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުން.
  • ޑިޕާރޓްމަންޓުން ފޮނުވާ ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުމާއި ޑިޕާރޓްމަންޓަށް ލިބޭ ލިޔުންތަކާއި، ފޮނުވާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ޔުނިވާސިޓީގެ އެހެނިހެން ޑިޕާރޓްމަންޓްތަކަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
  • ޔުނިވާސިޓީއަށް އަންނަ އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ލިޔުންތައް ރަޖިސްޓަރކޮށް އެލިޔުންތައް ޙަވާލުކުރަންޖެހޭ ޑިޕާޓްމަންޓް / ޑިވިޜަން / ސެކްޝަން / ޔުނިޓްތަކަށް ޙަވާލުކުރޭތޯ ބެލުން.
  • ޑިޕާރޓްމަންޓުގެ ސްޓްރެޖިކް ޕްލޭނާއި އެކްޝަން ޕްލޭން އަދި އަހަރީ ޕްލޭން އެކުލަވާލައި، އެޕްލޭނާއި އެއްގޮތަށް މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.
  • މަޤާމުގެ މަސައްކަތާއި ގުޅިގެން، އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް އަދާކުރުމާއި، ޑެޕިއުޓީ ވައިސް ޗާންސަލަ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) އަށް ޖަވާބުދާރީވުން.
  • މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިއުންތަކާއި ރިޕޯޓްފަދަތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ބަޖެޓް ތައްޔާރުކުރުން.
  • މަސައްކަތުގެ ދާއިރާއިން ޑެޕިއުޓީ ވައިސް ޗާންސަލަ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، ޔުނިވާސިޓީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
  • ޑެޕިއުޓީ ވައިސް ޗާންސަލަ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ލަފަޔާއި އިރުޝާދުގެ މަތިން ޔުނިވާސިޓީގެ އިދާރީ މަސައްކަތްތައް ރާވައި، ވަކި އިންތިޒާމެއްދެ ދަށުން ހިންގާ ބެލެހެއްޓުން
  • އެންޓްރީ އަދި ޔައުމިއްޔާ ޤަވާޢިދުން ބަލަހައްޓަމުންދޭތޯ ޗެކްކުރުން.
  • ތަފާސް ހިސާބާބެހޭ އެންމެހާ ކަންތައްތައް ކުރެވެނީ ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތައްތޯ ބެލެހެއްޓުން.
  • ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދު ހިންގުމުގައާއި ފައިސާގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ މާލިއްޔާތާއިބެހޭ ޤަވާޢިދާއި އެއްގޮތައްތޯ ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވާސިޓީން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ޔުނިވާސިޓީގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލް ޓެސްޓް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
  • 8:00 އިން މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 06 އޯގަސްޓް 2019 އާއި  06 އޮކްޓޫބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

  • 06 އޯގަސްޓު 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
24 ޖުލައި 2019
ހޯދާ