މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުން

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2019/203 (16 ޖުލައި 2019) އިޢުލާނުގައި ބިޑް ހުށަހަޅާ ތާރީޚް ޖެހިފައިވަނީ ގޯސްކޮށްކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ބިޑް ހުށަހެޅުމަށް އިޢުލާން ކުރަމަވެ.

މި މިނިސްޓްރީން 2020ވަނަ އަހަރަށް ތައްޔާރު ކުރާ ދައުލަތުގެ ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2020ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށާއި ބަޖެޓު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ އަޕްގްރޭޑް ކުރުމަށް ބޭނުންވެއެވެ. މީގެ އިތުރުން ދައުލަތުގެ ޚަރަދާއި ލިބޭ އާމްދަނީގެ ތަފުސީލު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުމަށްޓަކައި ބަޖެޓު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަނަށް އިތުރު ފީޗަރސް ހިމެނުމަށް ބޭނުންވެއެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އަރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 29 ޖުލައި 2019ވާ ހޯމަ ދުވަހުގެ 13:30 މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ 6ވަނަ ފްލޯރ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ފިސްކަލް އެފެއަރޒް ޑިޕާރޓްމަންޓް

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349445

އީމެއިލް އެޑްރެސް: [email protected]

23 ޖުލައި 2019
ހޯދާ