މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަސްވެރިކަމުގެ ސައިންޓިފިކް މަޢުލޫމާތު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ – ފިޝަރީޒް ސާމްޕްލަރ

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ދަށުން މަސްވެރިކަމުގެ މަޢުލޫމާތު ނެގުމަށް ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                   ފިޝަރީޒް ސާމްޕްލަރ

ބޭނުންވާ ޢަދަދު:             1 (އެކެއް)

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް

އުޖޫރަ:                   ތަފާސްހިސާބު ނަގާކޮންމެ ދޯންޏަކަށް -/300 ރުފިޔާ . މަސްދުވަހުގައި ޖުމްލަ -/7،200 ރުފިޔާއާއި ހަމައަށް

މަސައްކަތް ކުރަންޖެހޭ ތަން:    ތ. ހިރިލަންދޫގައި

 

ކުރަންޖެހޭ މަސައްކަތް:

މިއީ ތ. ހިރިލަންދޫއަށް ލަފާ މަސްވެރިކަމުގެ އުޅަނދު ތަކުގެ ތެރެއިން ބައެއް އުޅަނދުތަކުން (ދޮށީގެ މަސްވެރިކަން، ފަރުމަހުގެ މަސްވެރިކަން އަދި ހިބަރު މަސްވެރިކަން) ގެންނަ ބާވަތްތަކުން ސައިންޓިފިކް އަދި މަސްވެރިކަމުގެ މަޢުލޫމާތުތަކެއް ނެގުމަށް ހަވާލުކުރާ  މަސައްކަތެކެވެ. މިގޮތުން މި ދެންނެވުނު މަސްވެރިކަންތަކުގެ ތެރެއިން ކޮންމެ މަސްވެރިކަމަކުން ހަފްތާއަކު 2 ދޯނި (ޖުމްލަ 6 ދޯނި) ސާމްޕަލް ކުރަންވާނެއެވެ. މި މަސައްކަތަށް ހޭދަވާނެކަމަށް ބެލެވެނީ މަޢުލޫމާތު ނަގާ ކޮންމެ ދޯންޏަކަށް  ގާތްގަނޑަކަށް 1 ގަޑިއިރެވެ. މި މަސައްކަތުގެ ދަށުން ނަގަންޖެހޭ މަޢުލޫމާތުތަކާއި، އެ މަޢުލޫމާތު ނަގާނެ ގޮތުގެ ތަފްސީލް، އަދި ތަމްރީން ދެވޭނެއެވެ.

 

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • ޖީސީއީ އޯލެވެލް ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.

 

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • މި މަސައްކަތަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސައިންސް ގެ މާއްދާތައް ކިޔަވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މި މަސައްކަތަށް މީހަކު ހޮވުމުގައި، މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި މަސައްކަތް ކުރުމަށްޓަކައި ބަނދަރަށް ލަފާ ދޯނީގެ ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

 15 ޛުލްގަޢިދާ 1440

18 ޖުލައި 2019
ހޯދާ