މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - ސާމްޕްލަރ

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުން ހިންގޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުން، ތިރީގައި ބަޔާން ކުރެވިފައިވާ  މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                   ޓޫނާ ސާމްޕްލަރ

ބޭނުންވާ ޢަދަދު:             2 ދޭއް

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 އަހަރުދުވަސް

އުޖޫރަ:                   މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނީގައި

 

ކުރަންޖެހޭ މަސައްކަތް:

  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގައި ބާނާ މަހުގެ ގާތްގަނޑަކަށް %20 މަހުގެ ދިގުމިން ނެގުން. މި މަޢުލޫމާތު ނަގާނީ ކޮންމެ ދަތުރެއްގައި ބާނާ މަހުގެ ޖުމްލަ އަދަދުން %20 އަށް ވާ މަހުގައެވެ.
  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގެ އެހެނިހެން މަޢުލޫމާތު ނެގުން. މީގެ ތެރޭގައި، މަހުގެ ބަރުދަން އަދި އެންވެރިކަމާއި ގުޅޭ މަޢުލޫމާތު ފަދަ މަޢުލޫމާތު ހިމެނޭނެއެވެ.
  • ބޭނުންވެއްޖެ ހިނދެއްގައި މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުން.

 

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • މިކަމަށް އެދި ހުށައަޅާ ފަރާތަކީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ، ގަވާއިދުން މަހަށްދާ މަސްވެރިއަކަށްވުން
  • ލިޔަންކިޔަން އެނގުން (ގްރޭޑް 10 އެއް ނިންމާފައިވާ ނުވަތަ އެއަށްވުރެ މަތީ ސަނަދުތައް ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

 

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • މި މަސައްކަތަށް މީހަކު ހޮވުމުގައި، މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

 15 ޛުލްގަޢިދާ 1440

18 ޖުލައި 2019
ހޯދާ