މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ލިސްޓްގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ދެވަނަ ފުރުސަތަކަށް ހުޅުވާލުމާއި ބެހޭ

1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް 15 ޖުލައި 2019 އިން ފެށިގެން 01 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ބަލައިގަތުން

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފޯމުދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 15 ޖުލައި 2019 އިން ފެށިގެން 01 އޯގަސްޓް 2019 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށެވެ.

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން " ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުމަށްފަހު 01 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

ވީމާ މިކަން ޢާއްމުކޮށް އެންގާ އިޢުލާން ކުރީމެވެ.

17 ޖުލައި 2019
ހޯދާ