ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިޢުލާން

ތަރުޖަމާނަކު ހޯދުމާއި ގުޅޭ

 

        މިކޯޓަށް ހުށަހެޅި ބަލަމުންދާ މައްސަލައަކައި ގުޅިގެން ބަންގްލާދޭސް ބަސްކަމުގައިވާ ބަގްލާ ބަސްދަންނަ ތަރުޖަމާނެއް ހޯދަން ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2019މ. ދުވަހުގެ 14:00ގެ ކުރިން ކަމައިގުޅޭ ލިޔެކިޔުންތަކައި އައި.ޑީކާޑް ކޮޕީ އާއެކު، މި ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ. އަދި އެ ސިޓީގައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 99 މާއްދާ ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. މިކަމަށް އެދޭފަރާތްތަކުން އިންޓަވިއުގައި ތަރުޖަމާކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދޭންވާނެއެވެ. ތަރުޖަމާނަކަށް ހޮވޭ ފަރާތައް މިކޯޓުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ ވަގުތުތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                    ‏15‏ ޛުލްޤަޢިދާ‏ 1440

‏17‏ ޖުލައި‏ 2019

17 ޖުލައި 2019
ހޯދާ