އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއުޑީސީ އިން ހިންގާ "އެވޭލާ ޒަމާނުގެ ރަހަތަށް ތައްޔާރުކުރަން ދަސްކޮށްދޭ ކޯސް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސިޓީގެ 50 ބައިވެރިންނަށް އެވޭލާ ޒަމާނުގެ ރަހަތަށް ތައްޔާރުކުރަން ދަސްކޮށްދޭ ކޯސް ހިންގަން ބޭނުންވެއެވެ. މި ކޯސް ކުރިއަށްދަނީ އައްޑޫ ސިޓީގެ ދެ ސަރަހައްދެއްގައެވެ. އެގޮތުން، ހުޅުދޫ އާއި މީދޫ މި 2 އަވަށަށް 1 ކްލާސް އަދި ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ މި 4 އަވަށަށް 1 ކްލާސް ނަގާގޮތަށެވެ. މި ކޯސް ރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ

ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު - .

 

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލް ވާނޭ މިންވަރު.

 

- ކޯސް ކުރިޔަށް ގެންދާނެގޮތް.

 

- ކޯހުގެ މުއްދަތު.

 

- ކޯސް ހިންގައިދޭނޭ އަގު. 

 

މާރކްސް ދެވޭނެގޮތް :

 

- އަގު %30

 

- ތަޖުރިބާ %30

 

- މުއްދަތު %20

 

- ހުށަހެޅުން %20

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 13:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ޕްރޮޕޯސަލް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެއިލް އެޑްރެސް [email protected]   އަށްވެސް ފޮނުވިދާނެއެވެ.

 

11 ޛުލްޤަޢިދާ  1440

16 ޖުލައި 2019
ހޯދާ