ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަން ކިޔުން

ނީލަން ކިއުން:

       ކައުންސިލުން ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި ރުއްގަސް ނީލަންކިއުން 2019 ޖުލައި 23 ވާ އަންގާރަ ދުވަހު މެންދުރު ފަހު 13:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ ގަޑިއަށް ޙާޞިރުނުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. ރުއް ގަސް ކެނޑޭނީ ނީލަމުން ނަގާ ރުއްގަހުގެ އަގަށްވާ ޖުމްލަ ފައިސާ ކައުންސިލް އިދާރާއަށް ދެއްކުމުންނެވެ. ފައިސާ ބަލައިގަތުން ނީލަންފެށީއްސުރެން  އެދުވަހުގެ މެންދުރުފަހު 14:00 އަށް އަދި 2019 ޖުލައި 30 ވަނަދުވަހުގެ 8:30 ން 14:00 އަށް ކުރިޔަށް ދާނެއެވެ. މިގަޑިއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ.

             އަދި ދަންނަވަމެވެ. ނީލަމުގައި ބައިވެރިވެ ރުއްގަސް ނީލަމުން ނަގާ އަދި ނީލަމުން ނެގި ރުއްގަހަށްވާ ފައިސާ ކަނޑައެޅިފައިވާ ވަގުތުގައި ނުދައްކައިފި ނަމަ ޖޫރިމަނާގެ ގޮތުގައި "ނީލަމުން ނެގި ރުއްގަހުގެ" ޖުމްލަ އަގަށްވާ ފައިސާގެ 50 ޕަސަންޓް ދައްކަވަންޖެހޭނެއެވެ. މިފައިސާ ނުދައްކައިފި ނަމަ ސަރީއަތަށް މައްސަލަ ހުށަހެޅޭނެއެވެ.

ނީލަން ކިޔަން ހަމަޖެހިފައިވާ ރުއް ގަހުގެ މައުލޫމާތު

  1. ކުށްޅަވަށް ގަސް ސަރަހައްދުގައި ރަތްކުލައިން ،,3,41،2 ޖަހާފައިވާ 4 ރުއް

2- ކުށްޅަވަށް ގަސް ސަރަހައްދުގައި ރަތްކުލައިން 5 ޖަހާފައިވާ 1 ގަސް މިދިލި

3- ބޯފެންވަޅުމަގު އަލީސަމީމުގޯތީގެ ހުޅަގުގައި ރަތްކުލައިން 1،2 ނަމްބަރު ޖަހާފައިވާ  2ރުއް

4- އަލިބެގޯތިމަގު މާވެލް ގޭ ކުރިމަތިނރަތް ކުލައިން ނަމްބަރު 3 ޖަހާފައިވާ 1 ރުއް

5- އުތުރު އަވަށު އަންހެނުންމިސްކިތުގެ އުތުރުގައި ރަތް ކުލައިން ނަންބަރު 4،5 ޖަހާފައިވާ 2 ރުއް

 

  1. ރުކެއް ނުވަތަ ގަހެއް ކަނޑާލުމުގެ ސަބަބުން އެތަނުގައި އުފެދުނު ބޭނުން ނުކުރެވޭ ތަކެއްޗާއި ކުނި އެތަނުން ނަގައި ރަށުކައުންސިލުން ކަނޑައަޅާފައިވާ ކުނި ގޮޑަށް އެކުނިތައް އުކާލުމަށްފަހު އެތަން ރީތިކޮށް ސާފު ކުރަންވާނެއެވެ.
  2. ރުކެއް ނުވަތަ ގަހެއް ކޮނެގެން ނެގި ވަޅުގަނޑަށް ފަސްއަޅާ ހަމަކުރުމަށްފަހު އެތަން ރީތި ކުރަންވާނެއެވެ.

މިދެންނެވުނު ކަންކަމާއި ޚިލާފަށް ރުއްގަސް ކެނޑުމުގައި އަމަލު ކުރައްވާ ފަރާތްތަކާއިމެދެ ޤާނޫނު (ޤާނޫނު ނަންބަރު:7/2010 ގެ 143ވަނަމާއްދާ) ގައި ވާގޮތުގެ މަތިން ފިޔަވަޅުއަޅާ ތަންފީޒް ކުރާނެ ވާހަކަވެސް އެފަދަ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

           މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

 

                    12  ޛުލްޤައިދާ  1440ހ.

                      15  ޖުލައި    2019މ.

 

15 ޖުލައި 2019
ހޯދާ