ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި އިތުރުކުރުން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

 

           މި އިދާރާއިން ބަލަހައްޓަމުން ގެންދާ މަގުމަތީ ބައްތިތަކުގެ ތެރެއަށް އިތުރު 70 ބައްތި އިތުރުކޮށް ، އިތުރުކުރާ ބައްތި ތަކަށް ކޯރުކޮނެ ކޭބަލް އަޅާ، އިންސްޓޯލް ކުރަން ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2019 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 10:00އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޖުލައި 31ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

           އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520041 ނަންބަރާއެވެ.

 

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          12  ޛުލްޤައިދާ  1440ހ.

           15  ޖުލައި    2019މ.

15 ޖުލައި 2019
ހޯދާ