ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލް އިދާރާގެ ގުދަނާއި ޕިކަޕް ގަރާޖު ހެދުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

                   

މިކައުންސިލް އިދާރާގައި ހުރި މަރާމާތު މަސައްކަތް ތަކުގެ ތެރެއިން ތިރީގައި މިދަންނަވާ މަސައްކަތް ތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

  1. ކައުންސިލް އިދާރާގެ ގުދަން ކައުންސިލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މަރާމަތުކުރުން
  2. ކައުންސިލްއިދާރާގެ އިރުމަތި ފަރާތު ދޮރާށި ނަގައި ކައުންސިލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް ޕިކަޕް ގަރާޖެއް ހެދުން.

 

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން    2019 ޖުލައި  24ވާ ބުދަ ދުވަހު 11:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 2019 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

            މައުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

           

                        12  ޛުލްޤައިދާ  1440ހ.

                        15  ޖުލައި    2019މ.

15 ޖުލައި 2019
ހޯދާ