ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގެ ކުނިތައް ބޭރުކުރުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

                   

މިކައުންސިލް އިދާރާގައި ބެލުމުގެ ދަށުގައިވާ ކުނިކޮށީގައި ޖަމާކޮށްފައި ހުރި ބައު ދަނގަޑާއި ބިއްލޫރިއާއި ޕުލާސްޓިކުގެ ބާވަތްތައް ނަގައި ބިން ސާފްކޮށް އެ ކުނިބުނި ތިލަފުއްޓަށް ބޭރުކުރުމުގެ މަސައްކަތް ތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން    2019 ޖުލައި  24ވާ ބުދަ ދުވަހު 10:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 2019 އޮގަސްޓް 01 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

            މައުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

           

                        12  ޛުލްޤައިދާ  1440ހ.

                        15  ޖުލައި    2019މ.

15 ޖުލައި 2019
ހޯދާ