މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:              ޕްރޮޖެކްޓް އޮފިސަރ   

މަޤާމުގެ ނަންބަރު:       294907

 ބޭނުންވާ ޢަދަދު:        1

ގިންތި:              ދާއިމީ

ރޭންކް:              އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް ، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:    ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން     

ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ/ މާލެ  

މުސާރަ:             -/6295 ރުފިޔާ

ސަރވިސް އެލަވަންސް:    -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

ސަޕޯރޓިންގ ކޯ އެލަވަންސް:   -/900 ރުފިޔާ

 

      މަޤާމުގެ ޝަރުތު      

1-      ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ޕްރޮޖެކްޓް މެނޭޖްމެންޓް

 

ތަޢުލީމީ ރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމެންޓް
  • ޕްރޮޖެކްޓް މެނޭޖްމެންޓް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ސަރުކާރުގެ އެހެން އިދާރާތަކާއި އޮފީސްތަކުން މާލޭގައި އިންތިޒާމްކުރާ ޖަލްސާ/ވާރކްޝޮޕް ފަދަ ބައްދަލުވުންތައް ކޯޑިނޭޓް ކުރުން.
  • ސެކްޝަންގެ ދަށުން ބަލަހައްޓާ އެންމެހާ ކޮމިޓީ ތަކުގެ މަސައްކަތް ބެލެހެއްޓުން.
  • ރާއްޖޭން ބޭރުން ވަޑައިގަންނަވާ މިޝަންތަކުގެ އެންމެހާ  މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • ރާއްޖެއިން ބޭރުގެ އެހީގައި ބާއްވާ ތަފާތު ޖަލްސާތަކާއި ވޯރކޮޝޮޕް ސެމިނަރތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ އެންމެހާ ކަންތައް ރާވާ ހަމަޖެއްސުން.
  • މިނިސްޓްރީ މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވާ ހިންގުން.
  • މިނިސްޓްރީ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގުޅިގެން ރާއްޖެ ބައިވެރިވާ އެކިއެކި މުއާހަދާ/ އެގްރިމެންޓްތަކުގެ ދަށުން ސަރުކާރުން ކުރަން ލާޒިމްކުރާ މަސައްކަތްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ކުރުން.
  • މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރކޮށް މޮނިޓަރިންގ ރިޕޯރޓްތައް ތައްޔާރުކުރުމަށް އެހީތެރިވުން.
  • މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭ އެކި ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ޖުލައި  21 ވާ އާދިއްތް ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

07  ޛުލްޤައިދާ   1440

10 ޖުލައި 2019
ހޯދާ