އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑޮކްޓަރުން / ނަރުހުން/ ޕެރެމެޑިކަލްގެ މަގާމްތައް މީހުން ހޯދުމަށް

މަޤާމް :ޑޮކްޓަރުން / ނަރުހުން/ ޕެރެމެޑިކަލްގެ މަގާމްތައް މީހުން ހޯދުމަށް
ބޭނުންވާ އަދަދު :365

އިއުލާން 

 މި ހޮސްޕިޓަލުގެ ޑޮކްޓަރުން ނަރުހުން އަދި ޕެރެމެޑިކަލް ދާއިރާތަކުގައި މަސައްކަތްކުރަވާ ބިދޭސީންގެ ބަދަލުގައި ދިވެހިން  ހޯދުމަށް ބޭނުންވެއެވެ. މިމަގާމްތަކަށް ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސް އަދި މަގާމުގެ ޝަރުތުތައް މި އިއުލާނާއިެކު އެޓޭޗްކުރެވިފައިވާނެއެވެ.

މިމަގާމަށް ބޭނުންވަނީ، މަގާމުގެ ޝަރުތު ހަމަވާ މަސައްކަތަށް ޝައުޤުވެރިކަންހުރި، ގާބިލް މީހުންނެވެ.

#

މަޤާމް

ރޭންކް

ބޭނުންވާ އަދަދު

1.

ސީނިއަރ ކޮންސަލްޓެންޓް އިން އެނިސްތީޝިއޮލޮޖީ

CS16-6

1

2.

އެސޯސިއޭޓް ސްޕެޝަލިސްޓް އިން އެނިސްތީޝިއޮލޮޖީ

CS12-1

1

3.

ކޮންސަލްޓެންޓް އިން އެނިސްތީޝިއޮލޮޖީ

CS15-1

7

4.

ކޮންސަލްޓެންޓް އިން އިންޓަރނަލް މެޑިސިން

CS15-1

1

5.

ކޮންސަލްޓެންޓްް އިން އީ.އެން.ޓީ

CS15-1

3

6.

ކޮންސަލްޓެންޓް އިން އޯތޯޕިޑިކްސް

CS15-1

2

7.

ކޮންސަލްޓެންޓް އިން ޕީޑިއެޓްރިކްސް

CS15-1

4

8.

ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް

MS3

1

9.

ސްޕީޗް ތެރަޕިސްޓް

MS2

1

10.

ކޮންސަލްޓެންޓް އިން ޕެތޮލޮޖީ

CS15-1

1

11.

ކޮންސަލްޓެންޓް އިން ޕެތޮލޮޖީ

CS15-4

1

12.

ކޮންސަލްޓެންޓް އިން މައިކްރޯބައޮލޮޖީ

CS15-1

1

13.

ކޮންސަލްޓެންޓް އިން ރޭޑިއޮލޮޖީ

CS15-1

5

14.

ކޮންސަލްޓެންޓް އިން ސާރޖަރީ

CS15-1

5

15.

އެސޯސިއޭޓް ސްޕެޝަލިސްޓް އިން ސައިކޭޓްރީ

CS13-1

1

16.

ކޮންސަލްޓެންޓް އިން މެކްސަލޯ ފޭޝަލް ސާރޖަރީ

CS15-3

1

17.

ސީނިއަރ ޑެންޓަލް ޓެކްނީޝަން

MS3

1

18.

ސީނިއަރ ބައޯމެޑިކަލް ޓެކްނިޝަން

MS2

1

19.

އެސިސްޓެންޓް ބައޯމެޑިކަލް އިންޖީނިއަރ

MS3

2

20.

ސީނިއަރ މެޑިކަލް އޮފިސަރ

CS14-4

1

21.

ސީނިއަރ މެޑިކަލް އޮފިސަރ

CS14-3

1

22.

މެޑިކަލް އޮފިސަރ

CS12-1

30

23.

މެޑިކަލް އޮފިސަރ

CS12-2

4

24.

މެޑިކަލް އޮފިސަރ

CS12-3

3

25.

މެޑިކަލް އޮފިސަރ

CS12-4

2

26.

މެޑިކަލް އޮފިސަރ

CS12-5

1

27.

ރެޖިސްޓަރޓް ނާރސް

CS8-1

242

28.

ސީނިއަރ ރެޖިސްޓަރޓް ނާރސް

CS10-1

2

29.

އެންރޯލްޑް ނާރސް

 CS-6

1

30.

ސީނިއަރ ހިސްޓޯ ޓެކްނީޝަން

MS3

1

31.

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

MS2

1

32.

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

MS1

6

33.

ސީނިއަރ ޕިޒިއޮތެރަޕިސްޓް

MS3

6

34.

ޕިޒިއޮތެރަޕިސްޓް

MS2

3

35.

ސީނިއަރ ރޭޑިއޯގްރަފަރ

MS3

2

36.

ރޭޑިއޯގްރަފަރ

MS2

15

37.

ޕާރމަސިސްޓް

MS2

1

38.

ކާރޑިއޯ ވެސްކިއުލަރ ޓެކްނީޝަން

MS2

2

39.

އޮޕްޓަމެޓްރިސްޓް

MS3

1

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހުގެ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އެޕްލިކޭޝަން ލިބޭވަރަކުން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

06 ޒުލްޤައިދާ 1440

09 ޖުލައި 2019

09 ޖުލައި 2019
ހޯދާ