މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

މަޤާމް:                    އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:             299610

ބޭނުންވާ  ޢަދަދު:             1

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ ރޭންކް:              އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:        އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިޕާރޓްމަންޓް/ ސެކްޝަން:       މެރިން ރިސާރޗް ސެންޓަރ  

ވަޒީފާ އަދާކުރަންޖެހޭތަން:        މެރިން ރިސާރޗް ސެންޓަރ 

މުސާރ:                   -/7035 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

ސަޕޯރޓިންގ ކޯ އެލަވަންސް:       -/900 ރުފިޔާ

 

މަޤާމުގެ ޝަރުތު      

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދީވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދީވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދީވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މުވައްޒަފުންނާއި ގުޅުންހުރި އިދާރީ ކަންތައްތައްް ބެލެހެއްޓުން – ހާޒިރީއާއި އިތުރުގަޑިއާއި ގުޅޭ ލިޔެކިޔުންތައް ވަގުތަށް މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި، މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ކަންތައްތައް ބެލެހެއްޓުމާއި، ގާނޫނުތަކާއި ގަވާއިދުތަކާއި ގުޅޭގޮތުން ހިއްސާކުރަންޖެހޭ ކަންތައްތައް މުވައްޒަފުންނާއި ހިއްސާކުރުން.
  • ބަޖެޓާއި ގުޅުންހުރި ކަންތައްތައް ބެލެހެއްޓުން: ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް އަހަރު ސެންޓަރުން އަންދާޒާކުރާ ބަޖެޓް އެކުލަވާލުމާއި، ބަޖެޓް ޚަރަދުވަމުންދާގޮތް މޮނިޓަރކޮށް، ބަޖެޓާއި ގުޅުންހުރި މައުލޫމާތު ގަވާއިދުން މިނިސްޓްރީއާއި ހިއްސާކުރުން
  • ފިޝަރީޒް ޓެކްނިކަލް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން – ޖަލްސާތައް އެޖެންޑާކުރުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ކޮމިޓީ މެންބަރުންނާއި ހިއްސާކުރުން.
  • ސެންޓަރުން ބާއްވާ ޖަލްސާތަކާއި ހަފްލާތައް އިންތިޒާމުކުރުމާއި، ސެންޓަރުން ޝާއިޢުކުރާ މަޖައްލާތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން
  • ސެންޓަރުގައި ހިންގާ ޕްރޮގްރާމްތަކާއި ގުޅިގެން (ސެންޓަރާއި މަނިޔަފުށްޓަށް) ބޭނުންވާ ތަކެތި ގަތުމުގެ އިންތިޒާމު މިނިސްޓްރީގެ ޕްރޮކިއޮމަންޓާއި އެކު ވިލަރެސްކުރުން.
  • އޮފީހުގެ ހަރުމުދާ ބެލެހެއްޓުމާއި، ސެންޓަރުގެ އިމާރާތާއި ހަރުމުދަލަށް ބޭނުންވާ މަރާމާތުތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ނައްތާލަންޖެހޭ ތަކެތި ނައްތާލުން/ނީލަންކިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  • އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ބެލެހެއްޓުމާއި، އޮފީސް ހުޅުވާ/ލެއްޕުމުގެ ހުއްދަ އޮންނަ މުވައްޒަފުންގެ ހުއްދަ ގަވާއިދުން އައުކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކާއި ބާއްވާ/ބައިވެރިވާ ޖަލްސާތަކުގެ ޔައުމިއްޔާ/ރިޕޯޓްތައް ބެލެހެއްޓުމާއި، މި ލިޔެކިޔުމުގެ އަލީގައި އަހަރު ރިޕޯޓަށްބޭނުންވާ މައުލޫމާތު އެކުލަވައިލުން.
  • ރިސެޕްޝަން ގެ މަސައްކަތްތައް ބެލެހެއްޓުން – ސެންޓަރަށް އަންނަ ފޯނުތަކާއި އީމެއިލް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަނެ ކަމާއި ގުޅުންހުރި މުވައްޒަފުންނަށް އެތަކެތި ފޯރުކޮށްދިނުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭ އެހެނިހެން މަސައްކަތް ކުރުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

-  ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު،

 

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
  4. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމަކާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6-     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ)    ދައުލަތު މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2019 ޖުލައި 17 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                              06 ޛުލްޤައިދަ   1440

09 ޖުލައި 2019
ހޯދާ