ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމަންޓަށް ބޭނުންވާ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ އެޕާޓްމަންޓަށް ބޭނުންވާ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދުންމަށް ކުރެވުނު ނަންބަރ GS24/IUL/2019/14  އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލުތަކެއްގެންނަންޖެހޭތީ އެ އިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖުލައި 09 އިން 2019 ޖުލައި 16 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019  ޖުލައި 17 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2019ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒު

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން: 7952914

އީ-މެއިލް: [email protected]

09 ޖުލައި 2019
ހޯދާ