ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
33 ވަަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް 2019

އިޢުލާން

 

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް 2019

 

ދިވެހިރާއްޖޭގެ ޤުރްއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތް މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެންބަރު 2019 (2 މުޙައްރަމު 1441ހ.)، އާދީއްތަ ދުވަހު މާލޭގައެވެ. މިއަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދަންނަވާ ގޮތަށެވެ.

 

  1. 1.     މުބާރާތުގައި ހިމެނޭ ބައިތައް :

މި މުބާރާތް އޮންނާނީ ތިން ބަޔަކަށެވެ. އެއީ:

1-    ޢާންމު ބައި:   

މިބައިގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މި ބައި ހުޅުވާލާފައި ވަނީ އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި، މަތީ ތަޢުލީމުދޭ (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށްފައިވާ) މުއައްސަސާ  ތަކަށާއި، އިސްލާމްދީނަށް ޚިދްމަތްކުރުން އެ ފަރާތެއްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ  ޖަމްޢިއްޔާތަކާއި، ކުންފުނިތަކާއި، ކްލަބުތަކާށާއި ޖަމާޢަތް ތަކަށެވެ. މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2019 އަށެވެ.

 

2-    ސްކޫލް ކުދިންގެ ބައި:

މި ބައިގައި ބައިވެރިވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރާއްޖޭގެ ސްކޫލް މަދަރްސާތަކުގެ ގްރޭޑް 1 އިން 12 އަށް ކިޔަވާ ދަރިވަރުންނެވެ.

3-    ޙާފިޡުންގެ ބައި:

މިއީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޅި ޤުރްއާން ހިތުދަސް ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ބައެކެވެ.

 

  1. 2.     މުބާރާތް ބާއްވާ ތާރީޚު

މި މުބާރާތް  ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރ 1 ން އެމަހުގެ 7 އަށެވެ.

 

  

  1. 3.     މުބާރާތުގެ ގޮފިތައް :
  2. 1.     ފޮތުން (ބަލައިގެން) ކިޔެވުމުގެ ގޮފި
  3. 2.     ހިތުން (ނުބަލައި) ކިޔެވުމުގެ ގޮފި

 

  1. 4.     މުބާރާތުގެ ގޮފި ތަކާއި މުޤައްރަރު

(ހ) މުބާރާތުގެ ޢާންމު ބައި: 

މިބައިގައި ހިމެނެނީ ދެ ގޮތްޕެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕެވެ.  މިއިން ކޮންމެ ގޮތްޕެއް ބެހިފައިވަނީ ތިން ބަޔަކަށެވެ.  އެއީ: 

ފޮތުން ކިޔެވުން

ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން

ބައިވެރިވާ ޢަދަދު

ހިތުން ކިޔެވުން

ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން

ބައިވެރިވާ ޢަދަދު

10 ފޮތް

2

5 ފޮތް

2

20 ފޮތް

2

10 ފޮތް

2

މުޅި ޤުރްއާން

2

20 ފޮތް

2

- މިބައިގައި ކޮންމެ މުއައްސަސާއަކުން ބައިވެރިކުރެވޭ ޢަދަދަކީ ގިނަވެގެން 12 އެވެ.

 

) ސްކޫލް ކުދިންގެ ބައި:

1-    ސްކޫލްތަކުން ޤުރްއާން މުބާރާތުގައި ވާދަކުރާނީ 15 ބައިވެރިންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. ދަރިވަރުން ހޮވާނީ މުބާރާތުގައި ކިޔެވުމަށް ކަނޑައަޅާފައިވާ ފޮތުން (ބަލައިގެން) ކިޔެވުމުގެ ގޮފިން (ކޮންމެ ބަޔަކުން 1 ދަރިވަރު) ޖުމްލަ 5 ދަރިވަރާއި، ހިތުން (ނުބަލައި) ކިޔެވުމުގެ ގޮފިން (ކޮންމެ ބަޔަކުން 2 ދަރިވަރު) ޖުމްލަ  10 ދަރިވަރެވެ. އެއީ؛

ޢުމުރުފުރާ

ފޮތުން ކިޔެވުން

ހިތުން ކިޔެވުން

 

ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން

ބައިވެރިވާ ޢަދަދު

ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން

ބައިވެރިވާ ޢަދަދު

ކީސްޓޭޖް 1

3 ފޮތް

1

1 ފޮތް

2

ކީސްޓޭޖް 2

5 ފޮތް

1

2 ފޮތް

2

ކީސްޓޭޖް 3

7 ފޮތް

1

3 ފޮތް

2

ކީސްޓޭޖް 4

10 ފޮތް

1

4 ފޮތް

2

ކީސްޓޭޖް 5

15 ފޮތް

1

5 ފޮތް

2

 

2-    ނަންބަރު (1)ގައި މުބާރާތުގައި ވާދަކުރާނީ 15 ބައިވެރިން ކަމަށް އޮތްކަމުގައިވިޔަސް، މަތީގައިވާ ދެގޮފިންކުރެ ކޮންމެ ގޮތްޕަކުންވެސް ކަނޑައެޅިފައިވާ ޢަދަދު ފުރިހަމަ ނުވިޔަސް އެސްކޫލަކުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

 

 

 

(ނ) ޙާފިޡުންގެ ބައި: 

މިއީ ތަޖްވީދުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޅި ޤުރްއާން ހިތުދަސް ދަރިވަރުންނަށް ޚާއްޞަ ކުރެވިފައިވާ ބައެކެވެ. ޙާފިޡުންގެ ބައިގައި ބައިވެރިކުރާނެ ދަރިވަރުން ތިބިނަމަ ދަރިވަރުން ތިބި ޢަދަދަކަށް ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ސްކޫލަކަށްވެސް އަދި ކޮންމެ މުއައްސަސާއަކަށް ލިބޭނެއެވެ. 

 

  1. 5.     މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް :

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) ސްކޫލަކުން ތަމްސީލު ކުރާނަމަ އެ ސްކޫލްގެ ކުއްޖަކަށް ވުން. އަދި ކަނޑައެޅިފައިވާ ޢުމުރު ފުރައިގައި             ބައިވެރިވުން.

(ނ) މުބާރާތުގެ ޢާންމު ބައިން ބައިވެރިކުރާ ފަރާތަކީ، ހުށަހަޅާ ފަރާތް ތަމްސީލު ކުރުމަށް އިޢުތިރާޟް ނުކުރާ     ފަރާތަކަށް ވުން. އަދި އެހެން ފަރާތަކުން ނަން ހުށަހަޅާފައިވާ ފަރާތަކަށް ނުވުން. 

(ރ) މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ގޮފީގެ ކޮންމެ ބައެއްގެ ތެރެއިން  ކޮންމެވެސް  އެއް ބައެއް ގައެވެ. އެއްވެސް މީހަކަށް މުބާރާތުގެ އެއްވެސް ދެ ބައެއްގައި (ދެ މުޤައްރަރެއްގައި)  ބައިވެރިއެއް ނުވެވޭނެއެވެ. 

 

  1. 6.     މުބާރާތުގައި ބައިވެރިވުން

-       މުބާރާތުގައި ބައިވެރިވެރިވުމަށް މަރުކަޒުން ތައްޔާރުކޮށްފައިވާ ފޯމާއި ބައިވެރިންގެ ލިސްޓު ފުރިހަމަ ކުރުމަށްފަހު ، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚުގެ (8 އޮގަސްޓު 2019 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ) ކުރިން މަރްކަޒަށް ލިޔުންތައް ހުށަހަޅަންވާނެއެވެ.

-       މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމާއި ލިސްޓު މަރްކަޒުގެ ވެބްސައިޓުން (www.nchq.gov.mv)ން ޑައުންލޯޑު ކުރުމަށްފަހު، މުއްދަތު ހަމަވުމުގެ ކުރިން މިމަރްކަޒަށް ހުށަހަޅަން ވާނެއެވެ.

-       މުބާރާތުގައި ބައިވެރިވި ކަމަށް ބެލެވޭނީ ކެންޑިޑޭޓުން ގަބޫލު ކުރިކަން މަރްކަޒުން އެފަރާތަށް އެންގުމުން ނުވަތަ ބައިވެރިންގެ ލިސްޓު ޢާންމު ކުރުމުންނެވެ.

-       މުބާރާތާބެހޭ ލިޔެކިއުންތައް ފޮނުވަން ޚާއްޞަ އީ މެއިލަކީ: (  [email protected]) އެވެ.

 

  1. 7.     މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު :

މުބާރާތުގައި ބައިވެރިވުމާއި ޝަރުތުތަކާއި އިތުރު މަޢުލޫމާތު މުބާރާތުގެ ގަވާއިދުގައި ވާނެއެވެ. މި ގަވާއިދު ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

09 ޖުލައި 2019
ހޯދާ