ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު

 

ދުބާއީގައި 2019 ވަނަ އަހަރު ނޮވެންބަރުމަހު 2 ން 9 ށް ބޭއްވުމަށް ހަމަޖެހިފައިވާ ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤްވާމީ މުބާރާތުގައި އަންހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރިހުގައި ވަޑައިގަންވާ މަޙްރަމަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެނަކު ކަމުގައިވުން.
  2. 01 ޖަނަވަރީ 2019 އަށް 25 އަހަރު ފުރިފައިނުވުން.

 

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުއްޖާގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

08 ޖުލައި 2019
ހޯދާ