މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މަޤާމު

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-283269

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ރީޖަނަލް އެންޑް އެޓޯލް ހެލްތް ސަރވިސަސް ޑިވިޜަން، އެޑްމިނިސްޓްރޭޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވެންސް :2  -/700

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރީޖަން ގައި ހިމެނޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ޚިދުމަތްދިނުމަށް ބޭނުންވާ މެޝިނަރީޒް، ރިއެޖެންޓްސް އަދި ކޮންސިއުމަބަލްސް ތަކެތީގެ ރިކްއިސިޝަންތައް ވެރިފިކޭޝަން ނިންމާ ލިބުމުން ތަކެތި ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގޮތުގެމަތިން އެސްޓީއޯއަށް ކޯޓޭޝަން ހޯދުމަށް ފޮނުވުމަށް ކަނޑައަޅާފައިވާގޮތުގެ މަތިން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކޮށް ފޮނުވާއެކު ކޮޕީ ކުރަންޖެހޭ ތަންތަނަށް ކޮޕީ ފޮނުވުން.
  2. އެސް.ޓީ.އޯ އިން ކޯޓޭޝަން ލިބުމުން މުދާހޯދުމަށް ފޮނުވާ ޕާރޗޭސް އޯޑަރ (PO) ތައްޔާރުކޮށް ފޮނުވުން.
  3. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޮނުވޭ ތަކެތި ( މެޝިނަރީޒް،ކޮންސިއުމަބްލްސް،ރިއެޖެންޓްސް) ރަށްރަށަށް ލިބުމުން ތަކެތި ބަލައިގަތުމަށްފަހު ފުރިހަމަކުރާ ރިސީވިން ފޯރމް ލިބުނުކަން ޔަޤީން ކުރުމާއެކު ބިލްތަކަށް ފައިސާ ދެއްކުމަށް ފުރިމަހަ ކުރަންޖެހޭ ލިޔެކިއުން ފުރިހަމަކޮށް އެކައުންޓް ޑިވިޝަނަށް ފޮނުވުމާއި އެކު ގުޅުން ހުރި ހުރިހާ ޑޮކިއުމަންޓްސް ރައްކާތެރިކަމާއެކު ފައިލް ކުރުން.
  4. ރީޖަން ގައި ހިމެނޭ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ފޮނުވާ ސިޓީ،މެސެޖް ނުވަތަ މެމޯތަކަށް ދޭންޖެހޭ ޖަވާބުތައް ރީޖަންގެ ހެޑަކަށް ހުންނަވާ ބޭފުޅެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކަށް ޤަވާޢިދުން ފޮނުވާ ފައިލްކުރުން.
  5. ރީޖަން އިން ކުރިއަށްގެންދާ އައުޓްރީޗް ޕްރޮގްރާމްތަކާއި އެހެނިހެން ދަތުރުތަކުގެ އިދާރީ ލިޔެކިއުންތަކާއި އެއަރ ޓިކެޓް/ލޯންޗްގެ ކަންކަން ދުރާލާ ހަމަޖެއްސުމާއި، ދަތުރާއި ގުޅުންހުރި ފަރާތްތަކަށް ދަތުރާއި ގުޅޭ މަޢުލޫމާތު ލިޔެކިއުމުން ފޮނުވުމާއިއެކު މަޢުލޫމާތު ލިބިފައިވާކަން ޔަޤީން ކުރުން.
  6. ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރާ މަރާމާތުތައް ޓައިމްލައިންއާއި އެއްގޮތަށް ކުރިއަށްދޭތޯ ބަލާ މޮނިޓަރ ކުރުން
  7. އެމްބިއުލަންސް އާއި ލޯންޗްގެ ފަންކްޝަނަލް ސްޓޭޓަސް ގަވާއިދުން ބަލާ، މޮނިޓަރ ކުރުން
  8. ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ޚިދުމަތުގައި ތިބެންޖެހޭ މިންގަނޑަށް ތިބިތޯ ބެލުން
  9. އަލަށް ތައާރަފް ކުރެވޭ ޚިދުމަތްތައް ކަނޑައަޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދޭތޯ ބެލުން
  10. ހޮސްޕިޓަލުތަކުގެ ހިންގުން ހަވާލުކުރާ ފަރާތްތައް ކަނޑައަޅާ، އެ ފަރާތްތަކަށް އެންގުން
  11. އަތޮޅުތަކުގައި ހިންގާ އައުޓް ރީޗް ޕްރޮގްރާމް ހިނގާ ނުހިނގާ ގޮތް ބެލުމާއި ރެކޯރޑް ބެލެހެއްޓުން
  12. ސިއްޙީ ޚިދުމަތާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބަލާ، ރެކޯރޑް ބެލެހެއްޓުން
  13. ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަގާމާއި ގުޅޭ ވަޒީފާ ބަޔާން އަޕްޑޭޓްކޮށް ތައްޔާރުކުރެވިފައިވޭތޯ ބެލުން.
  14. ދަތުރު ރިޕޯޓްގައި ފާހަގަކުރާ ކަންކަން ތަންފީޒުކުރެވޭ މިންވަރުބަލާ މޮނިޓަރކުރުން.
  15. ޑޮކްޓަރުން ތިބެންޖެހޭ މިންގަނޑަށް ޑޮކްޓަރުން ތިބިތޯބަލައި މޮނިޓަރކުރުން.
  16. ޓެލެމެޑިސިންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  17. ޒޯންތަކުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް މީޑިއާ މެދުވެރިކޮށް އާއްމުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  18. ހިދުމަތުގައި ބޭނުންކުރާ އިކުއިޕްމަންޓާއި، މެޝިނަރީޒް އަދި ކޮންސިއުމަބަލްސް ގިންތިކުރެވިފައިވާ މިންގަނޑަށް ފޯރުކޮށްދެވޭތޯ ބެލުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖުލައި މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014344 ނަންބަރު ފޯނަށެވެ.

 

03 ޖުލައި 2019
ހޯދާ