މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ސިއްރު ވޯޓް ނެގުމާއި ގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

    އުނގޫފާރު، ދިވެހިރާއްޖެ                                                       ނަންބަރު: 46(IUL)303-AS/303/2019)

އިޢުލާން

 

ރައްޔިތުންގެ ސިއްރު ވޯޓް ނެގުމާއި ގުޅޭ

 

            އުނގޫފާރު ރައްޔިތުންގެ ނަމުގައި މިކައުންސިލުން ހިންގަމުންދާ އިންޖީނުގެ، ނަރުދަމާ، އަދި ފެނުގެ ނިޒާމްގެ އިތުރުން ކުނިކޮށި އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގާނީތޯ ނުވަތަ ސަރުކާރު ހިއްސާވާ މިފަދަ ހިދުމަތްތައް ދޭ ކުންފުންޏަކާއި ހަވާލުކުރާނީތޯ  ބެލުމަށް އުނގޫފާރުގައި ރައްވެހިވެފައިވާ ފަރާތްތަކުގެ މެދުގައި ނެގުމަށް ހަމަޖެހިފައިވާ ސިއްރު ވޯޓްލުމުގައި މާލޭގައި ވޯޓްލުމަށް އެދި ރަޖިސްޓްރީވެފައިވަނީ ޖުމްލަ 3 ފަރާތަކުން ކަމަށްވާތީ، މާލޭގައި ވޯޓްފޮށި ނުބަހައްޓާނެ ވާހަކަ ދަންނަވަމެވެ.

            ވޯޓްލުން ކުރިއަށްދާނީ 06 ޖުލައި 2019 ވަނަ ދުވަހުގެ ހެނދުނު 8:00 ން 14:00 އަށް އުނގޫފާރު ސުކޫލްގެ ރިހިމާލަމުގައެވެ. ވޯޓްގެ އެންމެހާ ކަންކަމުގައި އަމަލުކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަންގެ އިންތިހާބުތަކުގައި އަމަލުކުރާ އުޞޫލުން ކަމުގައި ދަންނަވަމެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            30  ޝައްވާލް 1440

            03  ޖުލައި   2019   

                              

03 ޖުލައި 2019
ހޯދާ