ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި ސްލިޕްވޭއެއް އެޅުން (ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން)

ނައިފަރުގައި ސްލިޕްވޭއެއް އަޅާ ސްލިޕްވޭގެ ޚިދުމަތްތައް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)327-C/327/2019/105(12 ޖޫން 2019) އިޢުލާނުން ބިޑް ޕްރޮޕޯސަލް ހުށަހަޅުމަށް ދީފައިވާ މުއްދަތަކީ، ސްލިޕްވޭ އެޅުމަށް ދޫކުރާ ބިން ބަލާ، ސަރވޭކޮށް، ބިމުގެ ޕްލޭން ތައްޔާރުކޮށް، އިންވެސްޓްމެންޓްގެ އަގުތައް ހޯދާ ބިޑް ޕްރޮޕޯސަލް ހެދުމަށް ކުޑަ މުއްދަތެއް ކަމަށް ފެންނާތީ، ބިޑް ބައްލަވާގަނެފައިވާ ފަރާތްތަކުން ބިޑް ހުށަހަޅާނެ މުއްދަތު 25 ޖުލައި 2019 ދުވަހާއި ހަމައަށް އިތުރުކުރުމަށް 20 ޖޫން 2019 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2019 ވަނަ އަހަރުގެ 23 ވަނަ އާންމު ޖަލްސާއިން ވަނީ ފާސްކުރައްވާފައެވެ.

ވީމާ، ސްލިޕްވޭ ޤާއިމްކުރުމުގެ ބިޑް އޯޕަން މީޓިންގ އޮންނާނީ 25 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައިކަން އަންގައި އިޢުލާންކުރީމެވެ.

 

24 ޖޫން 2019
ހޯދާ