ހިރިލަންދޫ ސްކޫލް، ތ. ހިރިލަންދޫ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

  މަޤާމް

 މަސައްކަތު

 މަޤާމުގެ ނަމްބަރ

J-121240

ބޭނުންވާ އަދަދު

1

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

އެސް އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯރޓް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިރިލަންދޫ ސްކޫލް / ތ. ހިރިލަންދޫ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯރޓިންގ ކޯ އެލަވަންސް 1  -/1200 ރުފިޔާ

މަޤާމުގެ ޝަރުތު :

ލިޔަންކިޔަން އެނގުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ސްކޫލްގެ ގޯތިތެރެއާއި އިމާރާތްތަކާއި ކްލާސްރޫމްތަކާއި ފަރުނީޗަރ އަދި ހިފާ ގެންގުޅޭ ތަކެތި ސާފުކުރުން

2. ގޯތިތެރެއާއި މަގުމަތި ސަރަހައްދުން ވިނަނޮޅާ ސާފުކުރުން

3. ސްކޫލްގައި ބާއްވާ އެކި ރަސްމިއްޔާތުތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

4. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ކިޔެވުން ނިމުމުން ކްލާސްރޫމްގެ ކްލާސްރޫމްތައް ކުނިކަހާ، މޮޕްލާ، ޑެސްކުތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން

5. ސްކޫލްގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ސެޝަން ނިމުމުން ފާހާނާތައް ދޮވެ ސާފުކުރުން

6. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާވިސް ވަޒީފާއަށް އެދޭ ފޯމު ( މި ފޯލް ސިވިލް ސާވސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ސްކޫލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

  (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

   ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  3. ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއުގެ ނަތީޖާ

 

 

 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 3 ވާ ( ބުދަ ) ދުވަހުގެ 12:00 ގެ ކުރިން، ހިރިލަންދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

 އީ-މެއިލް އެޑްރެސް: [email protected]

ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އޮންނާނީ 2019 ޖުލައި 4 އާއި 7 އާއި ދެމެދު ހިރިލަންދޫ ސްކޫލްގައެވެ.  

ޝޯޓްލިސްޓްކުރުން 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު: މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން،ގުޅާނީ 6780571 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ [email protected]  އަށެވެ.

20 ޖޫން 2019
ހޯދާ