މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ މިކަން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓް ގައި އާންމުކުރަމެވެ. މި އުޞޫލުގެ ދަށުން، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މި މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުނޅަދުތަކަށް އެކަންޏެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށްވާތީ، އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް މިހިނގާ ޖޫންމަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީއާ ގުޅިގެން ކުރިއަށް ގެންދެވޭނެއެވެ. 

އެޕްލިކޭޝަން ޓެސްޓުކުރުމަށްފަހު، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރި އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ. މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ، ޑީސަލް ސަޕްލައިކުރައްވާ ފަރާތްތަކުން މި މިނިސްޓްރީން ދޫކުރާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ މަސްވެރި އުޅަނދުފަހަރު، މަސްވަރިކަމުގެ ލައިސަންސް ނެންގެވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމާއި ލައިސަންސް އަށް އެދޭފޯމް މިމިނިސްޓްރީގެ ވެބް ސައިޓުންނާއި ރަސްމީގަޑިތަކުގައި މިނިސްޓްރީން ލިބެން ހުންނާނެއެވެ.

19 ޖޫން 2019
ހޯދާ