އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ކަނޑާލާފައިހުރި ފެތިރޯނު ގަސްތަށް ނީލަންކިއުން:

އިޢުލާނު

ސިޓީލާ ނީލަމުގައި ކަނޑާލާފައިހުރި ފެތިރޯނު ގަސްތަށް ނީލަންކިއުން:

 

                  ރޯޝަނީމަގުގެ ދެކުނުކޮޅުގައި ކަނޑާލާފައިހުރި ފެތިރޯނުގަސްތަށް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މީނީލަންކުރިއަށް ދާނެގޮތް މިދަންނަވަނީއެވެ.

މިނީލަން ކުރިއަށް ދާނެ މުއްދަތު:

19 ޖޫން 2019 އިން 04 ޖުލައި 2019ގެ 13:30

ނީލަމަށް އަގުހުށައަޅާނެ ގޮތް:

މިއިދާރާއަށް އެޑްރެސްކޮށް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެވެސް 13:30ވުމުގެ ކުރިން ސިޓީއަކުން އަގު ހުށަހެޅުން،

ނީލަން ފެށޭ އަގު:

100ރ

މުދުވެގެން އިތުރު ކުރެވޭނެ އަގު:

10ރ

 

                  ކޮންމެ ދުވަހެއްގައިވެސް އެދުވަހު ލިބޭ އެންމެ މަތީ އަގު ނޯޓިސް ބޯޑައަށް ނެރެވޭނެއެެވެ. މިގޮތުން ވިދިވިދިގެން ރަސްމީ 3 ދުވަހުވެސް އިތުރު އަގެއް ހުށަހެޅިފައިނުވާނަމަ، އެންމެމަތިން އަގު ހުށައަޅާފައިވާ އަގަށް ގަސްތަށް ވިއްކާލެވޭނެއެވެ. އަދި މިނީލަންގެ އެންމެ ފަހު ތާރީޙް 2019 ޖުލައި 04 ވަނ ދުވަހުގެ 13:30ގެ ކުރިން ލިބޭ އެންމެ މަތީ އަގަކަށް ގަސްތަށް ވިއްކާލެވޭނެއެވެ.

                  ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންފުޅުވައި ފަރާތްތަކުން ދެންނެވިފައިވާގޮތުގެ މަތިން މިއިދާރާއަށް އަގު ހުށައަޅަމުން ގެންދިއުމަށް ދަންނަވަމެވެ.

           

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        15 ޝައްވާލް 1440

18 ޖޫން 2019
ހޯދާ