ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުން (2 ވަނަ ފަހަރަށް ކުރެވޭ އިއުލާން)

 ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް (IUL)327-C/327/2019/94ނަމްބަރު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އަލުން މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

މަޢުލޫމާތު ފޯމް ވިއްކުން

17 ޖޫން 2019 އިން ފެށިގެން 23 ޖޫން 2019 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށް ބިޑް ޑޮކިއުމެންޓްސް ނައިފަރު ކައުންސިލްގެ އިދާރާއިން ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

ނައިފަރު ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 23 ޖޫން 2019 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަވަން ވާނެއެވެ. ޕްރީބިޑް މީޓިންގްއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑް ޑޮކިއުމެންޓް ބައްލަވައިގަނެފައިވާނަމަ ބިޑް އޯޕަން މީޓިންގައި ބައިވެރިވެވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގް

ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި ބާއްވާ ބިޑް އޯޕަން މީޓިންގް އޮންނާނީ 24 ޖޫން 2019 ވަނަ ދުވަހުގެ   13:00ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

 

16 ޖޫން 2019
ހޯދާ