ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިޓީ ޓްރެއިނިންގ ޕްރޮގުރާމެއް ހިންގަން ބޭނުންވެއްޖެ

ނަންބަރ:(IUL)380/2019/25

އިޢްލާން

މި އިދާރާގެ މުވައްޒަފުންނަށް ކަސްޓަމައިޒްޑް އައި.ޓީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަން ބޭނުންވެއްޖެއެވެ. 

                  މި އިދާރާގެ މުވައްޒަފުންނަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި، ތިރީގައި މިދަންނަވާ މަޢުލޫމޫތުތަކާއި އެއްގޮތްވާގޮތުގެ މަތިން، އައި.ޓީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބޭސިކް ނެޓްވޯކިންގ

  • ·         ނެޓްވާކިންގެ އަސާސީ މަޢުލޫމާތު
  • ·         ނެޓްވާކަށް ދިމާވާ މައިގަނޑު މައްސަލަތަކާއި އެމައްސަލަތައް ޙައްލުކުރަން އެނގުން
  • ·         ކޮމްޕިއުޓަރ ބޭނުންކޮށްގެން އިންޓްރާނެޓް ކަނެކްޝަން އެނގުމާއި އަދި ދިމާވާ މައްސަލަތައް ޙައްލުކުރަން އެނގުން
  • ·         ނެޓްވާކް ކޭބަލް ގުޅަން އެނގުން

 

މައިކްރޯސޮފްޓް އެކްސެސް ޑާޓާ ބޭސް

  • އެކްސެސް ސްފްޓްވެއާގެ އަސާސީ މަޢުލޫމާތު އެނގުން
  • މައިކްރޯސޮފްޓް އެކްސެސް ބޭނުންކޮށްގެން ޑާޓާބޭސް ތައްޔާތުކުރަން އެނގުމާއި، ތައްޔާރުކުރެވޭ މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓަން އެނގުން
  • އެކްސެސް ޑާޓާބޭސް އަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރަން އެނގުން
  • މައިކްރޯސޮފްޓް އެކްސެލްއިން ތައްޔާރުކުރާ މަޢުލޫމާތު އެކްސެސް ޑާޓާބޭސް އަށް ލިންކް ކުރަން އެނގުމާއި މިކަމުގައި ދިމާވާ މައްސަލަތައް ޙައްލުކުރަން އެނގުން
  • ފޯމު ތައްޔާރު ކުރަން އެނގުން

ވީމާ މި މަޢުލޫމާތުތަކާއި އެއްގޮތްވާގޮތުގެ މަތިން، ދ.މާއެނބޫދޫ ކައުންސިލް އިދާރާގައި މި ތަމްރީން ޕްރޮގްރާމް ހިންގައި ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 20 ޖޫން 2019ވާ ބުރާސްފަތިދުވަހުގެ 14.00ގެ ކުރިން އަންދާޒީ ހިސާބު އަދި ކޯހުގެ ކޮންޓެންޓްސް މި އިދާރާއާށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާޒީ ހިސާބުތައް ފޮނުވާނީ، [email protected] އަށެވެ.

އިތުރުމަޢުލޫމާތު

  • ކައުންސިލް އިދާރާގެ މުވައްޒަފުންގެ ޢަދަދު 09
  • ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާގައި
  • ތަމްރީނަށް ވަޑައިގަންނަވާ ޓީޗަރުގެ ދަތުރާއި، ހުރުމާއި އަދި ކެއުމުގެ ކަންތައް ވަކިން ހަމަޖައްސައި ދެވޭނެ
  • ޓްރެއިނިންގ ހިންގާ ފަރާތަކީ، ދަޢުލަތުގެ ކަމާގުޅުންހުރި މުޢައްސަސާތަކުގައި ރަޖިސްޓްރީކުރެވި ލައިސަންސް ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7794448 މި ނަންބަރަށް ގުޅުއްވުމަށް

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

09 ޝައްވާލް  1440

12 ޖޫން     2019

 

12 ޖޫން 2019
ހޯދާ