މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ފައިނޭންސް

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު IUL)459-HR/1/2019/100) އިޢުލާން ބާޠިލްކޮށް އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް:

ޑިރެކްޓަރ،ފައިނޭންސް

މަޤާމުގެ ނަންބަރު:

J-281624

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ފައިނޭންސް އެންޑް އެކައުންޓް ޑިވިޜަން

މުސާރަ:

-/8835 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 • ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28
 • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1100 ރުފިޔާ.
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނުގެ ފައިސާއާއި ގުޅުންހުރި އެންމެހާ ކަންކަމުގައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތުތައް ކުރުމުގެ މަސައްކަތް ރާވާ އިސްކޮށް، ބެލެހެއްޓުން.
 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ތަންތަނުގެ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓު ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް އިސްކޮށް ހިންގާ ބެލެހެއްޓުން.
 • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ ބަޖެޓުންކުރެވޭ ޚަރަދުތައް މަހުން މަހަށް މޮނިޓަރކޮށް ސްޓެޓިސްޓިކްސް ހެދުމާއި، ބަޖެޓުގެ ޙާލަތު މާލީ ޒިންމާދާރުވެރިޔާއަށް ގަވާއިދުން ރިޕޯޓްކުރުން.
 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނުގެ ބަޖެޓު ތައްޔާކުރުކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތައް އިސްކޮށް ހިންގާ ބެލެހެއްޓުން.
 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހުރިހާތަންތަނުން ޚަރަދު ކުރަންޖެހޭ ފައިސާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޚަރަދުކުރުމުގެ މަސައްކަތްތައް އިސްކޮށް، ރާވާ، މޮނިޓަރ ކުރުމާއި، އިންޓަރނަލް އޮޑިޓިންގެ މަސައްކަތްތައް ރާވާ ހިންގުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނުން ކުރެވޭ ޚަރަދުތަކާ ބެހޭ ރިޕޯރޓުތައް ގަވާޢިދާ އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް އިސްކޮށް ރާވާ ހިންގާ ބެލެހެއްޓުން.
 • މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުންހިނގަމުންދާ ތަންތަނަށް އެކި ފަރާތްތަކުން (ރާއްޖެއާއި ރާއްޖެއިންބޭރުން) ލިބޭ އެހީގެ ފައިސާ، މާލިއްޔަތު ގަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ހުރިހާތަންތަނުގެ ޕޭމަންޓް ވައުޗަރުތައް ތައްޔާރުކުރުވުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ އެންމެހާ މަސައްކަތްތައް އިސްކޮށް ރާވާ ހިންގާ ބެލެހެއްޓުން.
 • މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސައި، އެކަންކަން ހިންގާ ބެލެހެއްޓުން.
 • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުންހިނގަމުންދާ ތަންތަނުގެ  ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބަޖެޓް ކޮންޓްރޯލް ހެދުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
 • ކޮންމެ މަހެއްގެ ޚަރަދުކުރެވުނު ގޮތުގެ ރިޕޯރޓާއި ބަޖެޓުގެ ބާކީ ގަވާއިދުން އެގްޒެކެޓިވް އަދި ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.
 • މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
 • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ އޮޑިޓް މަސައްކަތްތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޖަވާބުދޭންޖެހޭ މުއްދަތުތަކަށް ޖަވާބުދިނުން.
 • މިނިސްޓްރީ އާއި މިނިސްޓްރީ ދަށުން ހިނގާ އެންމެހައި ތަންތަނުގެ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
 • ލިކުވިޑޭޝަނަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ތަންތަނަށް ފޯރުކޮދިނުމުގެ އެންމެހައި ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލާ މޮނިޓަރކުރުން .
 • ޑިވިޜަންގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.

މަޤާމުގެ ޝަރުޠުތައް:

 • ފައިނޭންސް، އެކައުންޓިންގ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ފައިނޭންސް، އެކައުންޓިންގ މަގާމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 • ފައިނޭންސް،އެކައުންޓިންގ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ފައިނޭންސް، އެކައުންޓިންގ މަގާމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން އަދި އިމްތިޙާންއެއް ދީގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19ޖޫން 2019 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 2019 ޖޫން މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.

7 ޝައްވާލް 1440ހ

10 ޖޫން 2019މ

 

10 ޖޫން 2019
ހޯދާ