ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ފައިނޭންސް އޮފިސަރ    

މަޤާމް ނަންބަރ:

J-252301

ރޭންކް:

އެމް.އެސް  1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ  ކައުންސިލްގެ އިދާރާ  / ގއ.ކަނޑުހުޅުދޫ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

 

މުސާރަ:

މަހަކު 5610.00 ( ފަސްހާސް ހަ ސަތޭކަ ދިހަ ރުފިޔާ )

 

ސަރވިސް އެލަވަންސް:

މަހަކު 2000.00 ( ދެހާސް ރުފިޔާ)

 

އެހެނިހެން އެލަވަންސް:

1-      ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 700.00 ( ހަތްސަތޭކަ ރުފިޔާ)

2-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

3-      ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން

4-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

5-      ސިވިލްސަރވިސް ޤަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އެލަވަންސް.

 

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ޝަރުޠު:

ފައިނޭންސް ނުވަތަ އެކައުންޓިންގ ގެ ދާއިރާއިން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާގެ  ޢާމްދަނީއާއި ، ބަޖެޓް ފައިސާ އަދި އެހެނިހެން ފައިސާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
  2. ކައުންސިލް ހުރިހާ އެކައުންޓެއްގެ ޚަރަދު ރިޕޯޓާއި ، އައިޓަމްބާކީ އަދި ބަޖެޓްބާކީ ރިޕޯޓް މަހުންމަހަށް ތައްޔާރުކޮށް ގުޅުންހުރި މުއައްސަސާތަކަށް ފޮނުވުން.
  3. ކައުންސިލްގެ ހުރިހާ އެކައުންޓެއްގެ ބޭންކް ރިކޮންސިލޭޝަން ސްޓޭޓްމަންޓް ކޮންމެ މަހަކު ތައްޔާރުކުރުން.
  4. ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުން
  5. ކައުންސިލްގެ މާލީ ބަޔާން ތައްޔަރުކޮށް ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުން
  6. މުވައްޒަފުންގެ ހާޟިރީ ރިޕޯޓާއި ، މުސާރަ ޝީޓް ތައްޔާރުކުރުން.
  7. މުވައްޒަފުންގެ މުސާރަ އެކައުންޓްތަކަށް ޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ޕެންޝަން  ކޮންޓްބިއުޝަން ފައިސާ ކޮންމެ މަހަކު  މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޖަމާކުރުން.
  9. ކައުންސިލްގެ ހުރިހާ އެކައުންޓެއްގެ ވައުޗަރ ރަޖިސްޓްރީއާއި  ޗެކް ރަޖިސްޓްރީ ހެދުން.
  10. ފައިސާ ޚަރަދު ކުރުމުގެ ވައުޗަރ މާލިއްޔަތު  ޤަވާއިދާއި އެއްގޮތަށް ތައްޔާރުކޮށް ފައިސާ ހަވާލު ކުރުމަށް ޗެކް ހެދުމާއި ، ކައުންސިލުން ފައިސާ ޚަރަދު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  11. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ރަސީދުން ބަލައިގަތުން.
  12. މަހުންމަހަށް އަދި ދުވަހުން ދުވަހަށް ތައްޔާރު ކުރަން ޖެހޭ އާމްދަނީ ފައިސާ ޝީޓްތަކާއި ، ރިޕޯޓްތައް ތައްޔާރުކުރުން.
  13. ފައިސާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާ އެކު ފައިލްކޮށް ބެލެހެއްޓުން.
  14. މުދަލުގެ ޒަކާތާއި ، ފިޠުރު ޒަކާތް ބަލައިގަތުމާއި ، ޙަވާލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ  އެންމެހައި މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު ، އޭގެތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

1-      ތައުލީމާއި ތަމްރީން

(ހ) ލިބިފައިވާ ތަޢުލީމް  ( ކަނޑައެޅިފައިވާ އިންސައްތަ : 5 )

(ށ) މަސައްކަތު ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން : ( ކަނޑައެޅިފައިވާ އިންސައްތަ: 5 )

1-      އިމްތީހާން  

(ހ) ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން  ( ކަނޑައެޅިފައިވާ އިންސައްތަ : 5 )

1        މަސައްކަތު ތަޖުރިބާ

(ހ) މަޤާމުގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : 15 )

1        ލިބިފައިވާ ހުނަރު

(ހ) އިންޓަވިއު / ޕްރެކްޓިކަލްސް ( ކަނޑައެޅިފައިވާ އިންސައްތަ : 40 )

މަޤާމަށް އައްޔަން ކުރެވޭނީ  ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ މަދުވެގެން  45 އިންސައްތަ އަށް ވުރެ މަތި ނަމައެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް ).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތަކަމަށް ، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތާއުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

(ށ) މަތީތައުލީމްދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ،ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުން.

1- ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ:

2-  ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު  ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ ، އެ ސެޓްފިކެޓް ލިބިފައިވާ ނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ

3-  މަސައްކަތުގެ ތަޖުރިބާ ގެ ލިޔުން ތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުން ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއަދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަނަގައިދޭ ރިފަރެންސް ޗެކް ފޯމް .  

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާ އަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭ ލިއުންތަކާއެކު 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މީގެ އިތުރުން ވަޒީފާ އަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އީމެއިލް އެޑްރެހަކީ : [email protected]

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 20 ޖޫން 2019 އިން 30 ޖޫން 2019 ދެމެދު ، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ( ދިހައެއް ) އަށްވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރުމައުލޫމާތު

މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820020 ނުވަތަ 9992073 އަށެވެ.

 އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މިމަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

09 ޖޫން 2019
ހޯދާ