އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ.އެޗް ފާމަސީ ހުރި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ:

އައި.ޑީ.އެޗް ފާމަސީ ހުރި އިމާރާތް ކުއްޔަށް ދޫކުރަން ބޭނުން ވެއްޖެއެވެ.

 ވީމާ އައި.ޑީ.އެޗް ފާމަސީ ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ޖޫން 2019 ވާ ހޯމަ ދުވަހުގެ 12:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖޫން 2019 ވާ ހޯމަ ދުވަހުގެ 12:30 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލްކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ. 

             ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

             27 މެއި 2019

27 މޭ 2019
ހޯދާ