މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)273/273/2019/16

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ނަންބަރ IUL273/273/2019/14   ގެ އިޢުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

މަޤާމް:    

ޕްރޮޖެކްޓް އޮފިސަރ

މަޤާމް ނަންބަރ:

J-306691

ބޭނުންވާ އަދަދު

01 (އެކެއް )

މަގާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެމް . އެސް  01

ކްލެސިފިކޭޝަން :

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދަކުރަން ޖެހޭ ތަން

މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ

ޑިވިޜަން:

މިލަދުންމަޑުލުއުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާގެ ކޯޕަރޭޓިވް އެފެއާޒް

ޔުނިޓް:

ކޯޕަރޭޓިވް އެފެއާޒް ޔުނިޓް

މުސާރަ:

5610.00 ރުފިޔާ

ސާރވިސްއެލަވަންސް:

2000.00 ރުފިޔާ

ސަޕޯޓިނގް ކޯ އެލަވަންސް

700.00 ރުފިޔާ

އުޖޫރަ އާއި އިނާޔަތްތައް:

  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާއި  ބެހޭ ޤާނޫންގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ ފައިސާ

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

01–ކައުންސިލް އިދާރާއަށާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދާ ކަނޑައެޅޭ ތާރީޚްތަކަށް ފޮނުވާ ބެލެހެއްޓުން.

02–ހިނގަމުންދާ މަޝްރޫޢުތަކުގެ ރިޕޯޓް ޤަވާއިދުންހަދާ ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވާ ބެލެހެއްޓުން.

03–ރަށުކައުންސިލުން އެކުލަވާލާ އަތޮޅުކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭންނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒްކުރުމަށް ރަށުކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ތަންފީޒުކުރުން.

04–ކައުންސިލުން ހިންގަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޕްރޮޕޯޒަލް ތައްޔާރުކުރުން.

05–ކައުންސިލުން ހިންގާ އިޤްތިޞާދީ، އިޖުތިމާޢީ އަދި މިނޫންވެސް ތަރައްޤީގެ މަޝްރޫޢުތައް ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ވިލަރެސްކޮށް އެމަޝްރޫޢު އެއް ފެށިގެން ނިމެންދެން މެނޭޖްކޮށް ހިންގާ ބެލެހެއްޓުން.

06–ސެކްޝަން ނުވަތަ މުވައްޒަފުގެ މަސައްކަތަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީ ނެގުމާއި، ބައިންޑްކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑްކުރުމާއި ފެކްސްކުރުމާއި ބައެއްކަހަލަ ލިޔުންތައް ފޯމެޓްކޮށް ބެލެހެއްޓުން.

07–އެކިއެކި ޕްރޮޖެކްޓްތަކަށް ފަންޑުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

08–އެމީހެއްގެ ޙާއްސަ ވާޖިބުތަކުގެ އިތުރުން ދިމާވާ ކުއްލި އިމަޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޙާއްސަ ކަންކަމުގައި ބައިވެރިވުން.

ތަޢުލީމާއި ތަޖްރިބާ :

ބިޒްނަސް އެޑްމިނިސްޓްރޭޝަން  / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

ފަރުވާތެރިކަމާއި ސާފްތާހިރުކަމާއި އެކު ކަންކަން  ކުރަން އެންގުމާއި މީހުންނާއި މުއާމަލާތު ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

ފޯމް ހުށަހަޅަންޖެހޭ ތާރީޙާއި ވަގުތު

 ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  ސިވިލް ސާވިސް ކޮމިޝަނުގެވެބްސައިޓުންwww.csc.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖޫން 2019 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، މިއިދާރާއަށް ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ[email protected] 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް     .
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތައުލީމް ދޭ ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްކްރިޕްޓްގެ  ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

6. ވަޒީފާގެ މަސައްކަތް ދައިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ، އަދާކޮށްފައިވާ، އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދަރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު  އަދި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެސް  ޗެކް ފޯމް.

ވަޒީފާއަށްއެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ü       ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %35

ü       އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5

ü       ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ

ü       "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" %5

ü       ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %40

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާ އަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުކުރުން:

މިމަގާމަށްމީހަކު ހޮވުމަށް ބޭއްވޭއިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެމުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މިއިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ +9606540043 ނަންބަރުފޯނާއެވެ. ފެކްސްނަންބަރަކީ +9606540043 އެވެ.

 21 ރަމަޟާން 1440

26 މެއި 2019

 

26 މޭ 2019
ހޯދާ