ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ކުއްޔަށް ދިނުމާއި ބެހޭ

މިރަށު ރޯޝަނީމަގުގެ އިރުން، އޮތް ސަރަހައްދުގައިހުރި ރައްޔިތުންގެ ރުއްގަސް 3 ( ތިނެއް ) އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލުން ކަނޑައަޅާ ކުލީގެ އަގަކީ އަހަރަކަށް -/3000 ( ތިންހާސް ) ރުފިޔާގެ ރޭޓުންނެވެ. މިގޮތުން ރުއްގަސް ކުއްޔަށް ދޫކުރެވޭނީ  -/3000  ( ތިންހާސް ) ރުފިޔާ އަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތަކަށެވެ.

  • ރުއްގަސް ކުއްޔަށްދޭނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 09 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 10:15 ގައި މިއިދާރާގައެވެ.
  • ޕްރޮޕޯޝަލް ބަލައިގަތުން އޮންނާނީ 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 10:15 ގައި މިއިދާރާގައެވެ.

                   ރުއްގަސް ކުއްޔަށްދޭނެ ގޮތުގެ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުންވެސް މިކަމަށް ޝައުގުވެރިވެލައްވާނަމަ ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުޝަތު އޮތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ޕްރޮޕޯޝަލް ހުށަހެޅުމަށް، ޕްރޮޕޯސަލް ހުށަހަޅާފަރާތް ބައިވެރިވެވެން ނެތް ހާލަތްތަކުގައި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް އައްޔަންކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔުމެއް، އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަންވާނެއެވެ.

                            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

23 މޭ 2019
ހޯދާ