މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖްކްޓް

ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު   

ޕްރޮޖެކްޓް ނަންބަރު އަދި ނަން: P51077-003 MLD ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖްކްޓް

1. މިއީ 21 މޭ 2019ގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާ ޖެނެރަލް ޕްރޮކިއުމަންޓް ނޯޓިސް އާއި ގުޅިގެން ޕްރީކޮލިފިކޭޝަންއަށް ކުރިމަތިލުމަށް ހުޅުވާލެވޭ ދަޢުވަތެކެވެ. މި މަޝްރޫޢުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭ.ޑީ.ބީ)، އޭޝިއަން އިންފްރާ ސްޓްރަކްޗަރ އިންވެސްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްއިން ގުޅިގެން ފަންޑް ކުރެވިގެންދާ މަޝްރޫޢުއެކެވެ.

2. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް ގެ މަޝްރޫއަށް ފައިނޭންސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

3. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ އެދިލެއްވުމުގެ މަތިން ކ.ތިލަފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓު އެނަރޖީ ފެސިލިޓީ ޑިޒައިންކޮށް، ޢިމާރާތްކޮށް އަދި ހިންގާނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަރުޠުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވަމެވެ.

4. ބީލަންހުށަހެޅުމުގެ ދައުވަތު ހުޅުވާލެވޭނެކަމަށް ލަފާކުރެވެނީ ނޮވެންބަރު 2019ގައެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: (+960) 1617    

އީމެއިލް: [email protected]

ކޮޕީ: [email protected].

7. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  23 މޭ 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

8. ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1,500/-(އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މޭ 2019 އިން 17 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީ އިންނެވެ.

9. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 3 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

10. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައި ގަތުމާއި ނުގަތުމުގެ އިޙްތިޔާރު ވެރިފަރާތަށް ލިބިގެން ވެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ޕްރީކޮލިފިކޭޝަނަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

11. ޕްރޮޕޯސަލް ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް ދާ ހުރިހާ ޚަރަދެއްގެ ޒިންމާ ނަގާނީ އެ ކޮންޓްރެކްޓަރެކެވެ.

12. މިމަސައްކަތަށް ޕްރީ ކޮލިފައިވާ ހުރިހާ ފަރާތްތަކަށް ލިޔުމުން އެކަން އަންގާނެއެވެ.

13. މި އިޢުލާން ތިރީގައިވާ ވެބްސައިޓްތަކުގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

www.finance.gov.mv

www.gazette.gov.mv

 

22 މޭ 2019
ހޯދާ