އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތް އޮފިސަރ

 

 

އިޢުލާނު

މަޤާމް:

 

ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމްގެ ނަމްބަރ:

J-308620

ބޭނުންވާ ޢަދަދު:

1

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ.އަތޮޅު ހޮސްޕިޓަލް

މުސާރަ:

-/5610

ސަރވިސް އެލަވަންސް:

-/2,500

އެހެނިހެން އެލަވަންސް:

- ރިސްކް އެލަވަންސް ( ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން )

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

 1. ޕަބްލިކް ހެލްތް ޔުނިޓުން ކުރަންޖެހޭ ޕްރައިމަރީ ހެލްތު ކެއާރގެ (ޓެކްނިކަލް އަދި އިދާރީ) މަސައްކަތްތައް ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ މަތިން ބަހާލައިގެން މަސައްކަތްތައް ކުރިޔަށް ގެންދިއުން.  
 2. ވިހާ މަރުވާގެ ރަޖިސްޓްރީގެ މަސައްކަތާ،އީ،ޕީ،އައި މަސައްކަތްތައް އިދާރީ ގޮތުން ބަލަހައްޓަމުން ގެންދިއުމާއި، ވެކްސިން ސްޓޮކް ހޯދާ ބެލެހެއްޓުން.
 3. އުފަންވެނިވި ޞިއްޙަތާއި ގުޅޭމަސައްކަތްތަކާއި،ގްރޯތް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ބަރުދަން ލުއިވާ ކުދިންގެ މައިންނާއި މަސްވަރާކޮށް އެކަށިގެންވާ މަޢުލޫމާތުދީ،ރަގަޅު ކާނާއާއިބެހޭ އިރުސާދު ލިބިދެވޭނެ އިންތިޒާމް ކުރުން.  
 4. ޓީ.ބީ، ލެޕްރެސީ، ރެޖިސްޓަރީ ބަލަހައްޓާ،ސްޓޮކްކަށް ބޭނުންވާ ބޭހާއި ކޮންސިއުމަބުލްސް ހޯދުން.    
 5. ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ސާރވެލަންސް އުސޫލުން ބަލަހައްޓަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއެކު ޤަވާއިދުން ރިޕޯރޓްކުރުން.
 6. ރަށުގެ ސާފުތާހިރު ކަމާއި ކުނިން ރައްކާތެރި ވެވޭނެ ގޮތްތައް އާންމުންނަށް ވިސްނައިދީ ޕަބްލިކް އަދި ވޮލެންޓްރީ އޮގަނައިޒޭޝަންތަކުގެ އެހީތެރިކަމާއެކު، ހަރުދަނާ ޕްރޮގުރާމްތަކެއް ހިންގުމަށް މަސައްކަތް ކުރުން     
 7. އާންމުންގެ މެދުގައި ޞިއްޙީ ރަގަޅު އާދަކާދަ އަށަގެންނެމުމަށް މަސައްކަތް ކުރުން.    
 8. ކުއްލިއަކަށް ފެށި ބޮޑުކަމަމަކަށްވާ ރޯގާތަކާއި، ގުދުރަތީ ގޮތުން ދިމާވާ ބޮޑެތި ކަންކަމުގައި ސީ.ސީ.އެޗް.ޑީ.ސީގެ މަސްވަރާގެ މަތިން ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދިއުން.  
 9. މިނިސްޓްރީގެ ދާއިރާ އައި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ މަސައްކަތް އެތަންތަނުން ކަޑައަލާފއިވާ ސްޓެންޑާރޑް ގައިޑްލައިންސް އާއި އެއްގޮތް ވާގޮތުގެ މަތިން ކޮށްދެއްވަމުން ގެންދިއުން  
 10. ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެނެވި ކޮމިއުނިޓީ ހެލްތު ވޯކަރ ޑިއުޓީގައި ނެތް ހާލަތްތަކުގައި އޭނާގެ މަސައްކަތްތައް ހަވާލުވެ އެމަސައްކަތްތައް ކުރަމުން ގެންދިއުން.

މަޤާމުގެ ޝަރުޠު

 

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮނގުތައް

ކޮމިއުނިޓީ ހެލްތް، ޕަބްލިކް ހެލްތް، ޕްރައިމަރީ ހެލްތުކެއަރ

މަގާމުގެ މަސައްކަތާއި ގުޅޭ ވަޒީފާގެ ދާއިރާ

ހެލްތް ސަރވިސަސް

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އދ.އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން އަދި އަތޮޅުގެ ސިއްޙީ މަރުކަޒުތަކުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، އދ.އަތޮޅު ހޮސްޕިޓަލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،2019 ޖޫން މަހުގެ  3 އިން 13 އާ ދެމެދު، އދ.އަތޮޅު ހޮސްޕިޓަލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680851 އަށެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.  

 

22 މޭ 2019
ހޯދާ