ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ (އެޗް.ޑީ.އެފް.ސީ) ގެ ފަނަރަވަނަ އަހަރީ އާންމު ޖަލްސާ

ނޫސް ބަޔާން

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ (އެޗް.ޑީ.އެފް.ސީ) ގެ  ފަނަރަވަނަ އަހަރީ އާންމު ޖަލްސާ 18 މެއި 2019 ވަނަ ދުވަހު 16:15 ގައި ޗަމްޕާ ސެންޓްރަލް ހޮޓަލުގެ ޖަލްސާކުރާ މާލަމުގައި ވަނީބޭއްވިފައެވެ. މިފަހަރުގެ އާންމު ޖަލްސާގައި ވޭތުވެދިޔަ 2018 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރއެއްގެ ގޮތުގައި ޕްރައިސްވޯޓަރހައުސް ކޫޕާރސް (ޕީ.ޑަބްލިޔު.ސީ) ވެސް ވަނީ ޢައްޔަން ކޮށްފައެވެ.

މިފަހަރުގެ އަހަރީ އާއްމު ޖަލްސާގައިވެސް ޙިއްސާދާރުންނަށް ޙިއްސާގެ ފައިދާގެގޮތުގައި މޫނުމަތީ އަގު 100ރ. ޙިއްސާއަކަށް 25ރ. (ފަންސަވީސް ރުފިޔާ) ބެހުމަށްވަނީ ކަނޑައެޅިފައެވެ. އެއީ ވޭތުވެދިޔަ 2018 ވަނަ އަހަރުގެ ވިޔަފާރީގެ ސާފު ފައިދާގެ 40 އިންސައްތައެވެ.  19 މެއި 2019 އިން ފެށިގެން އެޗް.ޑީ.އެފް.ސީގެ މައިއޮފީހުން ޙިއްސާދާރުންނަށް ޙިއްސާގެ ފައިދާ ދޫކުރުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

        މިކުންފުނީގެ އަހަރީ ރިޕޯރޓް ކުންފުނީގެ ވެބްސައިޓް www.hdfc.com.mv އިން ލިބޭގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

19 މެއި 2019

21 މޭ 2019
ހޯދާ