މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ޕްރޮމޯޝަނަލް ބޭގް ޑިޒައިން ކުރުމުގެ މުބާރާތް 2019

ނަންބަރ: IUL)MMPRC-PRO/1/2019/29) 

 

 

އިޢުލާން

 

 2020 ވަނަ އަހަރުގެ ޕްރޮމޯޝަނަލް ބޭގް ޑިޒައިން ކުރުމުގެ މުބާރާތް 2019

                   މި ކޯޕަރޭޝަނުން 2020 ވަނަ އަހަރު ބައިވެރިވާ ފެއަރ، ރޯޑްޝޯ އަދި އެހެނިހެން މާކެޓިންގ އިވެންޓްތަކުގައި ބޭނުންކުރާ، "މޯލްޑިވްސް ސަނީ ސައިޑް ޕްރޮމޯޝަނަލް ބޭގް" ޑިޒައިންކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 

                   ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މުބާރާތުގެ ގައިޑްލައިނާއި އެއްގޮތަށް ޑިޒައިންތަށް، 2019 ޖޫން 11 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. މުބާރާތުގެ ގައިޑްލައިން ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:00 އާއި ދެމެދު 3323228 ނަންބަރު ފޯނަށެވެ.

 

https://visitmaldives.com/maldives-promotional-sunny-side-of-life-bag-design-competition-2019/  

 

 

 

               11 ރަމަޟާން 1440 ހ.

               16 މޭ 2019 މ.

 

 

 

 

 

 

 

16 މޭ 2019
ހޯދާ