މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-242527  , J-247160

ބޭނުންވާ އަދަދު:

02 ( ދޭއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުޙްޔިއްދީން ސްކޫލް / މާލެ، ދިވެހިރާއްޖެ

މުސާރަ:

-/6295 ރ

ސަރވިސް އެލެވަންސް:

-/2000 ރ

ކޯ އެލަވަންސް -2 :    

-/900 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ހަމަޖެހިފައިވާ އުޞޫލުން ޓެކްނިކަލް ކޯ އެލަވަންސް އަސާސީ މުސާރައިގެ %28 އަށް ވާ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް 1

  1. މުވައްޒަފުންގެ ޙާޟިރީ އާއި ޗުއްޓީއާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތެއް ކުރުމާއި، މުސާރަ ދިނުމުގެ މަސައްކަތް ކުރުން.
  2. މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑް ފައިލްތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތެއް ކުރުން.
  3. މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  4. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާއި ބެހޭ މަސައްކަތް ކުރުން.
  5. އެޗްއާރ ސޮފްޓްވެއަރ އަޕްޑޭޓްކުރުމާއި ވިއުގަ އަޕްޑޭޓް ކުރުން.
  6. އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.
  7. އޮފީހުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު ހިމެނޭ ރެޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުން.
  8. މުވައްޒަފުން ބޮންޑު ކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެއްބަސްވުމުގައިވާ ގޮތުގެމަތިން ފުރިހަމަ ކުރަމުން ގެންދޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  9. މުވައްޒަފުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  10. އޮފީހުގެ ހިއުމަން ރިސޯސް އެންޑް މެނޭޖްމަންޓް ކޮމިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  11. ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުޞޫލުތައް ތައްޔާރުކުރުން.
  12. އޮފީހުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީ، ރެކޯޑްތައް ބެލެހެއްޓުން.
  13. އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.

 މައިގަނޑު މަސައްކަތް 2.

  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. ސްކޫލަށް ލިބޭ ބިލްތަކަށް ފައިސާދެއްކުން؛

2.1 ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ހަމަކުރަންޖެހޭ ޑޮކިއުމަންޓްސް ހަމަކުރުން.

2.2 ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި އެސްއޭޕީ ސިސްޓަމްގައި އެކައުންޓް ހުޅުވަންޖެހޭފަރާތް ތަކަށް އެކައުންޓް ހުޅުވުން.

2.3 ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ވައުޗަރ ތައްޔާރުކޮށް ވައުޗަރުގައި ސޮއި ކުރަންޖެހޭ ފަރާތްތައް ލައްވާ ސޮއިކުރުވުން.

2.4 އެއަށްފަހު އެސްއޭޕީ ސިސްޓަމްގައި ޕީ.ވީ ޕާކުކޮށް ޕޯސްޓް ކުރުމަށް ހަވާލުކުރުން. 

2.5 ޕީ.ވީ ޕޯސްޓް ކުރުމަށްފަހު އެސްއޭޕީ ސިސްޓަމްގައި މެދުވެރިކޮށް ބިލް ހުށައަޅާފައިވާ ފަރާތައް ފައިސާ ލިބުނުކަން ޔަގީން ކުރުން.

2.6 އަދި ޕީ.ވީ ނަންބަރުގެ އޯޑަރުން ފައިލް ކުރުން.

  1. ސްކޫލުން ކުއްޔަށް އަދި އެނޫން ގޮތް ގޮތުންވެސް ތަކެއްޗާއި އިމާރާތުގެ ތަންތަން ދޫކުރުން.

3.1 ދޫކުރެވޭ ތަކެތި އަދި ތަންތަން ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ދޫކުރުމަށްޓަކައި ފޯމު ފުރިހަމަކުރުން.

3.2 ފޯމް ފުރިހަމަ ކުރުވުމަށްފަހު ވެރިއެއްގެ ހުއްދަހޯދާ އަދި ފައިސާ ނަގަންޖެހޭފަރާތްތަކުން ފައިސާ ނެގުން.

3.3 ތަކެތި ދޫކުރުމަށްޓަކާ ސަރުދާރާއި ހަވާލުކޮށް އަދި އަބުރާ ތަކެތި ލިބުނުތޯ ޔަގީން ކުރުން.

3.4 ސްކޫލުން ކުއްޔަށް އަދި އެނޫން ގޮތް ގޮތުންވެސް ދޫކުރެވޭ ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތީގެ ބަދަލު ނުވަތަ އަގު ހޯދުން.

  1. ސްކޫލުގެ މުވައްޒިފުނަށް މުސާރަ ދިނުން؛ 

4.1 ޙާޟިރީ ރިޕޯޓްއާއި އޯ.ޓީ ރިޕޯޓް ލިބުމުން މުސާރަ ޝީޓް ތައްޔާރުކުރުން.

4.2 މުސާރަ ޝީޓް އެސްއޭޕީ ސިސްޓަމްގައި ޕާކުކޮށް ރަން ކުރުމަށްފަހު ސިމިއުލޭޓް ކޮށް ޕޯސްޓް ކުރުމަށް ހަވާލުކުރުން.

4.3 މުސާރަ މުވައްޒަފުންގެ އެކައުންޓް ތަކަށް ޖަމާކުރުމަށްޓަކައި ހަދަންޖެހޭ ބޭންކް ޝީޓްތައް ތައްޔާރުކުރުން

4.4 މުސާރަ ސިމިއުލޭޓްކޮށް ޕޯސްޓް ކުރުމުމަށްފަހު ޗެކް ތައްޔާރުމުން ފިނޭންސް މިނިސްޓްރީ އިން ޗެކްނެގުމަށްފަހު ބޭންކް ތަކާއި އެކު ފައިސާ ޖަމާކުރުމަށްޓަކައި ބޭކަންފޮނުވާ ޗެކް ޖަމާވިކަން ޔަގީންކުރުން.

4.5 މުވައްޒިފުންނަށް އެމުވައްޒިފެއްގެ މުސާރަ ސްލިޕް ކޮންމެ މަހެއްގައި މުސާރުރުމަށްފަހު ހަވާލުކުރުން.

4.6 ޕެންޝަން ސްކީމްއަށް ދައްކަން ޖެހޭފައިސާ އާއި މުވައްޒިފުންގެ ކްރެޑިޓް ސްކީމް ތަފްސީލްގެ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭފަރާތްތަކަށް މަހުން މަހަށް ފޮނުވުން.

  1. އެކިއެކި ގޮތް ގޮތުން ސްކޫލަށް ލިބޭ ފައިސާ ސްކޫލުގެ އެކައުންޓްތަކަށް (އެމް.އެމް. އޭ ،ސްކޫލް/ސްޓޫޑަންޓް ފަންޑް އަދި ޕީޓީއޭ ފަންޑަށް) ޖަމާކުރުމާއި ލިބޭއާމުދަނީ ރިޕޯރޓް، ރިކޮންސިލިއޭޝަން ރިޕޯރޓް އަދި ތިޖޫރީ ރިޕޯޓް ހެދުމަށްފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ފޮނުވުން.

5.1 ޕީ.ޓީ.އޭ އާއި ސްކޫލް ފަންޑުން ފައިސާ ދަށްކަންޖެހޭ ފަރާތްތަކަށް ފައިސާ ދައްކާ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިޔެ ބެލެހެއްޓުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ ކުރިން ހުއްދަ ހޯދަންޖެހޭފަރާތް ތަކުން ހޯދުން.

5.2 ސްކޫލަށް އެކި އެކި ފަރާތްތަކުން ދައްކާ ފައިސާ (ސްކޫލު ފީ، ތަކެތީގެ ކުލީ ފީ، އަދި އެހެނިހެން) ބަލާގަނެ ރަސީދު ދޫކުރުމަށްފަހު ރިޕޯޓް ތައްޔާރުކޮށް އެފައިސާ ޖަމާކުރަންޖެހޭ އެކައުންޓަށް ޖަމާކުރުން.

5.3 ސްކޫލް ފަންޑް އަދި ޕީޓީއޭގެ ފަންޑް އެންމެ މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ކުރެވުނު ހަރަދުތަކާއި ލިބުނު ފައިސާގެ އަދަދު ބެލެންސް ކޮށް ސްޓޭޓްމަންޓް ނިންމާ އެޑްމިނިސްޓްރޭޓާރ ލައްވާ އެޕްރޫވްކުރުމަށްފަހު ފައިލް ކުރަންވާނެއެވެ.

5.4 އަދި އެކިގޮތްގޮތުން ސްކޫލަށް ލިބޭފައިސާގެ ވަކިވަކި ޕްރޮޖެކްޓްސްގެ ސްޓޭޓްމަންޓް ބާކީ ހުރިފައިސާ އިގޭނޭހެން ތައްޔާރުކޮށް ބެލެންސްކޮށް އެންމެ މަދުވެގެން މަހަކު އެއްފަހަރު ހަވާލުވެހުންނަ ވެރިއަށް ރިޕޯޓް ކުރަންވާނެއެވެ.

  1. 3 ވަނަ މައްދާގައިވާ ގޮތުގެ މަތިން ސްކޫލުގެ ބަޖެޓުން ޚަރަދު ކުރެވުނު ގޮތުގެ ރިޕޯރޓް ތައްޔާރުކޮށް އެސްއޭޕީގެ ސްޓޭޓްމަންޓް އޮފް ޖީ. އެލް ކޯޑް އާއި އެއްގޮތްކުރުމަށްފަހު މިނިސްޓްރީ އޮފް އެޑިކޭޝަން އަށް ކޮންމެމަހަކު ފޮނުވުން.
  2. ސްކޫލުގެ ބަޖެޓް އައިޓަމްތައް ޑިފިސިޓް ވިޔަނުދީ ޚަރަދުކުރުމުގެ ކުރިން ވެރިންގެ ލަފާގެމަތިން ބަޖެޓްކޮންޓްރޯލްކޮށް ހަދާ އޭގެ ޑޮކިއުމަންޓް ފައިލްކޮށް ކޮންޓްރޯލްތައް ބަޖެޓްރިޕޯޓަށް އެންޓަރ ކުރުން.
  3. ބަޖެޓާބެހޭގޮތުން ހަވާލުކުރެވޭ ސިޓީތަކާއި، ލިޔުންތައް ލިޔެ ބެލެހެއްޓުން.   
  4. ކުރިއަށްއޮތް އަހަރަށް ލަފާކުރާ ސްކޫލްގެ ބަޖެޓް ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުމާއި ބަޖެޓް ތައްޔާރުކުރުމަށްޓަކާއި ކުރަންޖެހޭ އެންމެހާއި ކަންކަން ކޮށް މިނިސްޓްރޯ އޮފް އެޑިއުކޭޝަން އަށް ފޮނުވަންޖެހޭ ތާރީޚްގެ ކުރިން ފޮނުވުން.

10. އެކިއެކި ގޮތްތޮތުންލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓް ތަކަށްޖަމާކުރުމުގެ ކުރިންނާއި، ފައިސާ ދިނުމަށްޓަކައި އެކައުންޓުންނެގޭ ފައިސާ އެފަރާތަކަށް ރައްދުކުރެވެންދެން ރައްކާތެރި ކަމާއި އެކު ސްކޫލުގެ ތިޖޫރީގައި ބަެހެއްޓުމާއި 6 ވަނަ ޕޮއިންޓްގައިވާ ފަދައިން ތިޖޫރީ ރިޕޯޓަށް މިފައިސާ އެންޓަރކޮށް ރިޕޯޓް މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް ފޮނުވާ ލިބުނުކަން ޔަގީން ކުރުން.

11. ސްޕޮންސަރގެ ގޮތުގައި ލިބޭތަކެތި އަދި ފައިސާ ސްޕޮންސަރ ރަޖިސްޓްރީ އަށްވެއްދުމާއި އިންވެންޓްރީ އަށް ވައްދަންޖެހޭ ތަކެތި އިންވެންޓްރީ ބަލަހައްޓާ މުވައްޒިފާއި ހަވާލުކުރުން. އަދި ސްޕޮންސަރ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުން.

12. ސްކޫލުގެ ހަރުމުދާ ހަލާކުވެ  ބޭނުންނުކުރެވޭ ވަރުވުމުން ވެރިންގެ ލަފާހޯދާ ސަރުދާރުމެދު މެދުވެރިކޮށް ލިސްޓްހަދާ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހު ނީލަން ކިޔުމަށް އެމް.ޓީ.ސީ.ސީ ނީލަން ފިހާރައަށް ލިސްޓް ފޮނުވުން.

12.1 ސްކޫލުން ނީލަން ކިޔުމަށް ފޮނުވޭ ތަކެތީގެ ތެރެއިން ނީލަމުން ވިކުނުތަކެތީގެ މަޢުލޫމާތު އެމް.ޓީ.ސީ.ސީ ނީލަންފިހާރައިން ހޯދާ ނީލަން ކީފައިވާ ތަކެތީގެ މަޢުލޫމާތު ލިބުމުން އިންވެންޓްރީ ރަޖިސްޓްރީ އަޕްޑޭޓްކުރުމަށް އިންވެންޓްރީ މަސައްކަތް ކުރާމުވައްޒަފާއި ހިއްސާކުރުން.

12.2 ސްކޫލުން ނީލަން ކިޔުމަށް ފޮނުވޭ ތަކެތި ނީލަން ކިޔުމުން  އެމް.ޓީ.ސީ.ސީ ނީލަންފިހާރައިން އެފައިސާ ހަވާލުވެ އެމް.އެމް.އޭ ގެ ޕަބްލިކްސް އެކައުންޓަށް ޖަމާކުރުން.

13. އަހަރުފެށުމުގެ ކުރިން ފައިލްކުރަން ބޭނުންވާ ފައިލްތަކާއި ފޮތްތައް ތައްޔާރުކުރުން.

14. ދަރިވަރުންގެ ހެދުނުގެ ނާސްތާ ޕްރޮގްރާމްގެ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

14.1 ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ނާސްތާ މެނޫ ތައްޔާރުކޮށް އަދި ދުވަހުން ދުވަހަށް ދަރިވަރުންގެ އަދަދު ހިދުމަތް ފޯރުކޮށްފޭ ފަރާތައް ލިބިނުކަން ކަށަވަރު ކުރުން

14.2މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ގޫގަލް ޝީޓް ކޮންމެ ދުވަހެއްގެ 8.30 ގެ ކުރިން އަޕްޑޭޓް ކުރުން.

14.3މިޕްރޮގަގްރާމްގެ އެކި އެކި ފޯމްތައް ފުރުވާ ފައިލްކޮށް ބެލެހެއްޓުން.

ދާއިރާ:

ހިއުމަން ރިސޯސް

އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޝަރުޠުތައް:   

ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާޝަރުތު ފުރިހަމަވުން.

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލް ކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

80

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މެއި 2019 (އާދީއްތަ) ގެ 12:00 ގެ ކުރިން، މުޙްޔިއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 މެއި  2019 އާއި 30 މެއި 2019 ދެމެދު، މުޙްޔިއްދީން ސްކޫލް ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ( 3390635 ) އަށެވެ.

10 ރަމަޟާން  1440

                             

15 މޭ 2019
ހޯދާ