ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އައިއެސް ޑީބީޓީ ޕްރޮޖެކްޓަށް ޅ.ނައިފަރުން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/37

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-018-19) PSM-GA /2019/145

 

 

 

އިޢުލާން

އައިއެސް ޑީބީޓީ ޕްރޮޖެކްޓަށް ޅ.ނައިފަރުން ޕީއެސްއެމްއަށް ދޫކޮށްފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ފެންވަޅު ބަހައްޓައިދޭނެ ފަރާތެއް ހޯދުން

 

  • ·      މަސައްކަތާގުޅޭ ތަފްޞީލް

         އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖެތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ޅ.ނައިފަރުން ޕީއެސްއެމްއަށް ލިބިފައިވާ ބިން ސާފްކުރުމާއި ކަރަންޓްލުމާއި ، ފެންވަޅު ބަހައްޓައިދިނުމަށް ޝައުޤްވެރިކަން ހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި މަސައްކަތްކޮށްދިނުމަށް އެދި ކޯޓޭޝަން ހުށަހެޅުމަށް ޢާއްމުކޮށް ހުޅުވާލަމެވެ.

             ޅ،ނައިފަރުގައިވާ މިބިން ބަލަން ބޭނުންވާ ފަރާތްތަކަށް ބިން ދައްކާނީ ކައުންސިލްގެ އިދާރާގެ ފަރާތުންނެވެ. 7459746 ނަންބަރު ފޯނަށް  ގުޅުއްވުމުން ކައުންސިލްގެ ފަރާތުން '' ބިން'' ދެއްކުމުގެ އިންތިޘާމް ހަމަޖެހިފައިވާނެއެވެ.

  • ·   ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ޅ.ނައިފަރުން އައިއެސްޑީބީޓީ ޕްރޮޖެކްޓަށް ޕީއެސްއެމްއަށް ދޫކޮށްފައިވާ 13900 (ތޭރަހާސް ނުވަސަތޭކަ) އަކަފޫޓްގެ ބިން ސާފް ކުރުމާއި ކަރަންޓް ލުމާއި ، ފެންވަޅު ބެހެއްޓުމުގެ  ތަފްޞީލް މަޢުލޫމާތު ޝީޓް ތިރީގައި އެޓޭޗްކުރެވިފައި

 

  • ·   ކޯޓޭޝަން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

 

ޅ.ނައިފަރުން ޕީއެސްއެމްއަށް ދޫކޮށްފައިވާ 13900 އަކަފޫޓްގެ ބިން ސާފުކުރުމާއި ،ކަރްންޓްލުމާއި ފެންވަޅު ބެހެއްޓުމާއި ކުރަން ކަނޑައެޅިފައިވާ ހުރިހާ ކަމެއްކުރުމަށްދޭ މަޢުލޫމާތު:

 

 

 

 

 

 

 

 

 

 

 

 

 

 

1- ބިމުގެ ސަރަޙައްދުގައި ހިމެނޭ ހުރިހާރުއް، ގަސް ކަނޑާ ބުޑުތަކާއެކު ބިމުން ކޮނެ ނަގާ އުކާލާ ސާފުކުރުން.

2- ބިމުގައިހުރި، ހަޓް ތަޅާލައި ގައު ތަކާއި، ގައުކުނޑިތައް އުކާލާ ބިން ސާފުކުރުން.

3- ބިމުގައި މިހާރުހުރި، ޓީވީއެމްގެ އެންޓަނާ ކޮންކްރީޓް ބުޑާއެކު ނަގާސާފުކުރުން.

4- ބިމުގެ ސަރަޙައްދުގައިހުރި އެހެނިހެން ތަކެތި ނަގައި، ވިނަތައް ނޮޅާ އުކާލާ ސާފުކުރުން.

5- ބިމުގެ ސަރަޙައްދު ކުނި ނަގާ އުކާލުމަށްފަހު ބިން ލެވެލްކޮށް އެއްވަރު ކުރުން.

6- ލެވެލްކުރާއިރު އުފެދޭ ކުންޏާއި، ގައުފަދަ ތަކެތި ނަގާ އުކާލާ ބިން ސާފުކުރުން.

7- ރަށު ކައުންސިލުން ކަޑަ ޖަހާދިނުމަށްފަހު، ކައުންސިލުން ޤަބޫލްކުރާ ފެންވަރަށް ކަންމުޑި އެޅުން.

8- ކަރަންޓް ނަގާނީ، ގޯއްޗާއި އެއްމެ ކައިރީގައި ހުރި ސަރުކާރުގެ ޑިސްޓްރިބިއުޝަން ފޮށިންނެވެ.

9- ކޭބަލް ވަޅުލުމަށް ކޯރު ކޮންނައިރު އެރަށެއްގައި ހަމަޖެހިފައިވާ ފުންމިނަށް ކޯރު ކޮންނަންވާނެއެވެ.

10- ކޯރަށް ފަސްލާއިރު، އެރަށެއްގެ ޕަވަރ ހައުސްއިން ކަނޑައަޅާފައިވާ އުޞޫލުން ކޭބަލެއްއޮތްކަން އެނގޭނޭ ނިޝާން ކޯރުތެރޭން ފެންނަން އޮންނަން ވާނެއެވެ.

11- ކޭބަލްގެ ސައިޒަކީ، 4 ކޯ 25 އެމްއެމްގެ އާމޯޑް 3 ފޭސް ކޭބަލެވެ.

12- ކޭބަލް ޕީއެސްއެމް ގޯއްޗަށް ވައްދާނީ، މަގުމަތީ ޑިސްޓްރިބިއުޝަން ފޮއްޓާ އެއްމެ ކައިރި ދިމާލުންނެވެ.

13- ކޭބަލްގެ ގޯތިތެރެއަށް ވަންނަ ކޮޅު ވެއްދުމަށްޓަކައި، އައުޓްޑޯރ ޑިސްޓްރިބިއުޝަން ފޮއްޓެއް ގޯތިތެރޭގައި ބެހެއްޓިފައި ހުންނަންވާނެއެވެ.

14- ފޮއްޓަކީ، ތަޅުލެވޭ ފޮއްޓަކަށް ވާންޖެހޭނެއެވެ.

15- ކޭބަލްގެ ކޮޅު ހުންނަންވާނީ، ފޮށީގެ އެތެރެއަށް ވައްދާފައެވެ. އަދި ކޭބަލްގެ ދެކޮޅު އިންސްލޭޝަން ކުރަންވާނެއެވެ.

16- ޑިސްޓްރި ބިއުޝަންފޮށި ހަރުކުރަންވާނީ، ސިމެންތިއާއި، ހިލަވެލިން 3 ފޫޓް އުސްމިނުގައި ހަދާފައިހުރި ޕޯސްޓެއްގައެވެ.

17- ޕޯސްޓް ހުންނަންވާނީ، ގޯތީގެ ކަނަކާއި ދިމާލުން، ކޮންމެފަރާތަކުންވެސް އިންފާރަށްވުރެ 3 ފޫޓް އެތެރޭގައެވެ.

18- ޑިސްޓްރިބިއުޝަން ފޮށީގެ ތެރޭގައި، 3 ފޭސް މީޓަރަކާއި، 4 ޕޯލް ބްރޭކަރަކާއި، 3 ފޭސް އީ. އެލް. ސީ. ބީ އަކާއި، 3 ޕޯލް ބްރޭކަރެއް، ހަރުކުރެވިފައި ހުންނަންވާނެއެވެ. ހަރުކުރެވޭ ތަކެއްޗަކީ، ސްޓެލްކޯ/ ފެނަކަ ޤަބޫލުކުރާފެންވަރުގެ ތަކެއްޗަށް ވާންޖެހޭނެއެވެ.

19- ވަޅުގެ ޑައިމީޓަރގައި 4 ފޫޓު ހުންނަ ވަށް ވަޅަކަށް ވާންޖެހޭނެއެވެ.

20- ވަޅު ހަދަންވާނީ ހިލަޔާއި ހިލަވެލި، ސިމެންތި ބޭނުންކޮށްގެން ކޮންކްރީޓްންނެވެ.

21- ވަޅުތެރޭ ފެނުގެ ފުންމިނުގައި  3 ފޫޓް ހުންނަންވާނެއެވެ.

22- ވަޅުގެ އަޑީގައި ކޮންކްރީޓްން ފޫ އަޅާފައި އޮންނަންވާނެއެވެ.

23- ހަމަބިމުން ފެށިގެން ބިމުން މައްޗަށް 2 ފޫޓް އުސްމިން ހުންނަންވާނެއެވެ.

24- ވަޅުގެ މަތި ކޮންކްރީޓް ޝީޓަކުން އަޅާފައި އޮންނަންވާނެއެވެ.

25- ވަޅުގެ މަތީ ޝީޓް އަޅާއިރު، ވަޅަށް ފައިބަންޖެހިއްޖެ ޙާލަތެއްގައި ފޭބޭގޮތަށް ވަކިން ނަގާ ބޭއްވޭ މަތިގަނޑެއް، ކޮންކްރީޓްން އަޅާފައި އޮންނަންވާނެއެވެ.

26- ވަޅުން ފެންނެގުމަށް ބަހައްޓާ މޯޓަރގެ ޕްޓްވޭލް ހޮޅިލުމަށް ނުނެގޭގޮތަށް އޮންނަ މަތިގަނޑުގައި 2 އިންޗި ހޮޅިއެއް ބޭނޭވަރުގެ ހޯލްއެއް ހުންނަންވާނެއެވެ.

27- ވަޅު ބަހައްޓާނީ، ގޯތީގެ ކަނަކާ ދިމާލުން، އިންފާރާ ވަޅާދެމެދު، ވަށައިގެން ހިނގޭގޮތަށް 3  ފޫޓުގެ އެތެރޭގައެވެ.

ދީފައިވާ މަޢުލޫމާތާގުޅޭ ގޮތުން ކަމެއް ސާފު ކުރަން ބޭނުންވާނަމަ،

 

  • ޕީއެސްއެމްގެ ފަރާތުން ތިރީގައި މިދަންނަވާ ނަންބަރުން އެކަމެއް ސާފުކޮށްދެއްވާނެއެވެ.
  • 7785339

ކޯޓޭޝަން ހުށަހަޅާ ފަރާތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ، ހުށަހަޅަންވާނެއެވެ.

ސުންގަޑި:

  • 20 މެއި  2019 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިންނެވެ.

ކޯޓޭޝަންފެކްސް އަދި އީ-މެއިލްއިން ފޮނުވާނެގޮތް::

  • ފެކްސް ނަންބަރ: 3317273

Email: [email protected]

 

  •  

ކޯޓޭޝަން : ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ފޮނުވާނަމަ،ސިޓީ އުރައިގެ ބޭރުގައި "ޅ.ނައިފަރުގެ ބިންތައް ސާފްކުރުމަށް އެދި" މިހެން ލިޔެ މާފަންނު ރޭޑިޔޯ ބިލްޑިންގ ރިސެޕްޝަން ކައުންޓަރަށް (20 މެއި 2019 ވާ ހޯމަ ދުވަހުގެ 15:00 ގެކުރިން) ފޮނުއްވުން އެދެމެވެ.

 

                        08 ރަމްޟާން 1440 

                        13 މެއި 2019

14 މޭ 2019
ހޯދާ