މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޘުކޮށް ތަރާވީޙް ނަމާދުކޮށްދިނުމަށް ވަޑައިގަންނަވާ ޙާފިޘުގެ ކަންކަން އިންތިޒާމް ކުރުން.

އިޢުލާން

1440 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޘުކޮށް ތަރާވީޙް ނަމާދުކޮށްދިނުމަށް ވަޑައިގަންނަވާ ޙާފިޘުގެ ކަންކަން އިންތިޒާމް ކުރުން.

މި އިދާރާގެ ނަންބަރު : (IUL)305/305/2019/49 (30 އޭޕްރީލް 2019) އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން، އެ ޢިއުލާނު ބާޠިލުކޮށް އަލުން އެ ކަންކަން އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

        1440  ވަނަ އަހަރު (މިއަހަރު) ރަމަޟާން މަހު މިރަށު "މަސްޖިދުލް ސަލާމް" މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ގެންނަ ޙާފިޘަށް ތިރީގައިވާ އިންތިޒާމްތައް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. 1. ޙާފިޘު ރަށުގައި ހުންނަ ދުވަސްތަކަށް ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އެރުވުމުގެ އިންތިޒާމް ހަމަޖެއްސުން.

ނޯޓް: ރަމަޟާން މަހު ފަރިއްކޮޅު އަރުވާނީ ޢާއްމުކޮށް ދިވެހިންވެސް ކައިއުޅޭ ގަޑިތައް ކަމުގައިވާ ރޯދަ ވީއްލުމާއި ތަރާވީސްދަމު އަދި ހާރުދަމުއެވެ. ރަމަޟާން މަސްފިޔަވައި އެހެނިހެން ދުވަސްތަކުގައި، ހެނދުނު ސައި، މެންދުރުކެއުން، ހަވީރު ސައި، ރޭގަނޑު ކެއުން ހަމަޖައްސާ ދޭންވާނެއެވެ.)

2.ޙާފިޘުގެ ހުރުމުގެ އިންތިޒާމް ހަމަޖެއްސުން ( ހުރުމުގެ އިންތިޒާމް ހަމަޖެއްސާނީ އޭސީ ހުރި އެޓޭޗް ފާޚާނާއާއެކު ހުރި ކޮޓަރިއެއްގައެވެ.)

3. ޙާފިޘުގެ އަންނައުނު ދޮވެ އިސްތިރިކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

މަތީގައި ދެންނެވިފައިވާ އިންތިޒާމްތައް އެއްގެއަކުން ހަމަޖެއްސެއް އޮތްނަމަ، އެއްގެއަކުން ހަމަޖެހިގެން ދިއުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

4.މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

%90

  • ޚިދުމަތުގެ އަގަށްދޭ މާރކްސް.
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark price / Submitted price) x Allocated percentage

ތަޖުރިބާ

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު).
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ވެފައިވާ ފަރާތް، ބެންޗްމާކް އެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted experience / Benchmark years) x Allocated percentage

 ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 14 މެއި 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަމްބަރު 6580015 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ރަމަޟާން 1440

13 މޭ 2019
ހޯދާ