މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން އިން 28 ރަމަޟާންގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މާލޭގައި ފިޠުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 02 ރަމަޟާން 1440 އިން ފެށިގެން 29 ރަމަޟާން 1440 ނިޔަލަށް (ބަންދުނޫން) ކޮންމެދުވަހެއްގެ 09:15 ން 13:00 އަށެވެ. ވިލިމާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިންނެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީ (މާލެ/ހުޅުމާލެ/ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އަންނަނިވި އަގުތަކުންނެވެ.

 

އާދައިގެ ހަނޑޫ

ތައިލެންޑު ހުދު ހަނޑޫ

ބާސްމަތީ ހަނޑު

ރަތް ހަނޑު

އާދައިގެ ފުށް

އާޓާ ފުށު

-/15ރ (ފަނަރަ ރުފިޔާ)

-/45ރ

(ސާޅީސް ފަސްރުފިޔާ)

-/95 ރ (ނުވަދިހަ ފަސްރުފިޔާ)

75/- ރ (ހަތްދިހަ ފަސްރުފިޔާ)

15/- ރ (ފަނަރަ ރުފިޔާ)

 

60/- ރ (ފަސްދޮޅަސް ރުފިޔާ)

             ވީމާ، މި ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ޝަޢުބާން 1440

04 މޭ 2019
ހޯދާ