އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިތަދޫ އަދި ހުޅުދޫ ހައުސިންގ ޔުނިޓް ސަރަހައްދުތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީ ހިތަދޫ ގައި ސަރުކާރުން ޢިމާރާތް ކުރައްވާފައިވާ 264( ދުވިސައްތަ ފަސްދޮޅަސް ހަތަރު) ހައުސިންގ ޔުނިޓާއި ހުޅުދޫގައި ޢިމާރާތް ކުރައްވާފައިވާ 48( ސާޅީސް އަށް) ހައުސިންގ ޔުނިޓުގެ ސަރަހައްދު ލޭންޑްސްކޭޕް ކުރުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 އެޕްރީލް 29 ވާ ހޯމަ ދުވަހު ހެނދުނު 10:00ން ފެށިގެން 2019 މޭ 08 ވާ ބުދަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ. ބިޑް ބައްލަވައިގަންނަވާ ފަރާތްތަކާއިއެކު ބޭއްވޭ މައުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 9 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 މޭ 14 ވާ އަންގާރަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި، ހުޅުދޫ އަދި މީދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 އެޕްރީލް 29 ވާ ހޯމަ ދުވަހުން ފެށިގެން 2019 މޭ 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2019 މޭ 12 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

23 ޝަޢުބާން 1440 

29 އޭޕްރިލް 2019
ހޯދާ