މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސިވިލް އިންޖިނިއަރ (ޕާޓްޓައިމް)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާލެ، ދިވެހިރާއްޖެ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182

ނަންބަރIUL) 438-ASPIRE/1/2019/23)  

ތާރީޙް: 25 އެޕްރީލް 2019

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސިވިލް އިންޖިނިއަރ (ޕާޓްޓައިމް)

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ސިވިލް އިންޖިނިއަރެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ސިވިލް އިންޖިނިއަރުގެ މައިގަނޑު މަސައްކަތަކީ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ދަށުން ކުރިއަށްދާ މަޝްރޫޢުތަކަށް ޓެކްނިކަލް/އިންޖިނިއަރިންގ ސަޕޯޓް އަދި ލަފާ ފޯރުކޮށްދިނުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

-          ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. ޑިގްރީ ޙާސިލްކުރުމުގައި އެނަރޖީ އަދި އެންވަޔަރަންމަންޓްގެ މާއްދާތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގައި ރެޖިސްޓަރ ކުރެވިފައިވާ އިންޖިނިއަރަކަށް ވާންވާނެއެވެ. މިގޮތުން ސްޓްރަކްޗަރަލް ޗެކަރ ސްޓޭމްޕް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިން ސޮފްޓްވެއަރ އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވާ ފަރާތަކަށް ވާންވާނެއެވެ.

-          ފަރިތަކަމާއިއެކު އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.  

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ ދެފަރާތުން އެއްބަސްވާ އުޖޫރައެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ޕާޓްޓައިމް އުސޫލުން ހަ (6) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މޭ 9 ވަނަދުވަހުގެ 13:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 2019 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300، 3018214

އީމެއިލް: [email protected]

25 އޭޕްރިލް 2019
ހޯދާ