ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުން

 


އަންދާސީހިސާބު ބޭނުންވެއްޖެ

2019 ވަނަ އަހަރު މި ސްކޫލްގައި ކިޔަވައިދެއްވާ ބިދޭސީ މުދައްރިސުން ބޭތިއްބުމަށްޓަކައި، ސ.ހިތަދޫ އިން 03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. މި ގެއަކީ 3 ކޮޓަރި އާއި ސިޓިން ރޫމް އާއި ބަދިގެ (ކާގެ ހިމެނޭ ގޮތަށް)، ހުރިހާ ފަރުނީޗަރާއިއެކު ހުރި ގެއެއް ކަމުގައި ވާންވާނެއެވެ.

             ވީމާ، 1 އަހަރު ދުވަހަށް ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

07 މޭ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

މަޢުލޫމާތު ދިނުން

16 މޭ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

އަންދާސީ ހިސާބު ހުށަހެޅުން

         

  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.    

                    ވީމާ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

                     18 ޝައުބާން 1440

                     23 އެޕްރީލް  2019        

23 އޭޕްރިލް 2019
ހޯދާ