މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިންބޭރުގައި ބަހައްޓާފައިވާ އަމިއްލަތަކެތި ނެގުމާއި

`

 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                                        ނަންބަރު: IUL)303-AS/2019/23)             

 

އިޢުލާން

ގޯތިންބޭރުގައި ބަހައްޓާފައިވާ އަމިއްލަތަކެތި ނެގުމާއި

 

                މިއިދާރާގެ ނަމްބަރ: (IUL)303-A/303/2018/52 (08 ނޮވެމްބަރ 2018)ގެ އިޢުލާން ކުރިން ކުރެވިފައިވީނަމަވެސް ބައެއްފަރާތްތަކުން އިޢުލާނަށް އިޖާބަ ދީފައި ނުވާކަން ފާހަގަކުރެވެއެވެ.        

                ވީމާ މަގުތަކާއި މަގު ހިމެނޭ ޕޭމަންޓާއި ގޯޅިތަކުގައި އަމިއްލަ ތަކެތި ( ޖޯލިފަތި ، ކޮޕީގަސް ، ލަކުޑި ފަދަތަކެތި ) މިއަދުން ފެށިގެން 10 ދުވަހުގެތެރޭ ( 30 އެޕްރީލް 2019 ) ނިޔަލަށް ނެގުމަށް އަންގަމެވެ. އަދި މިމުއްދަތު ހަމަވާއިރު ގޯތިން ބޭރުގައި ބަހައްޓާފައިވާ ތަކެތި ނުނަގާވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިޔަކު ނެތްކަމަށެވެ. ވެރިޔަކު ނެތްތަކެތި ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތައް ނަގާ ތަކެތި ނައްތާލުމަށްފަހު ކައުންސިލްގެ ފަރާތުން އެއްވެސް ޒިންމާއެއް ނުނަގާނެ ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަން ތަކުރާރު ކުރާފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.

               16  ސައުބާން  1440     

               21  އެޕްރީލް   2019  

 

 

21 އޭޕްރިލް 2019
ހޯދާ