މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ. މިމައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބެނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން  ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދިނުމެވެ. ހަމަ އެހެންމެ އުވެމުން ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމެވެ. 

މިމައުރަޒުގައި ބައިވެރިވެވޭނެ ދާއިރާތަށް

1-      ވަކިވަކިފަރުދުންގެ ދާއިރާ

2-      ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

3-      ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

4-      ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

5-      ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ

6-      ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް ތަކެތި ބައިވެރިކުރުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ވާދަކޮށް ވަނަ ހޮވުމުގެ ބައިގައި ބައިވެރިކުރާ ކޮންމެ އުފެއްދުމެއް ބައިވެރިކުރަންވާނީ ބައިވެރިވުމަށް އެދޭ ފޯމުގެ ސެކްޝަން 4 ގައި ހިމެނޭ ގިންތިތަކުން ގިންތިއެއްގައެވެ. މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯރމް ބަލައިގަތުން އޮންނާނީ 21 އެޕްރީލް 2019 އިން ފެށިގެން 30 ޖޫން 2019 ގެ 14:00 ގެ ނިޔަލަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިމާރާތުންނާއި، މި މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންނެވެ. މި މައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން އަދި މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ތަކުން ލިބެންހުންނާނެއެވެ. މައުރަޒު 2019 އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ، މިއޮފީހުގެ ނަންބަރ 1691 އާއި ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލްކުރެއްވުންއެދެމެވެ. އަދި މި މައުރަޒުގެ އުޞޫލު ފަހުގެ ތާރީހެއްގައި އާންމުކުރެވޭނެއެވެ.

17 އޭޕްރިލް 2019
ހޯދާ