މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ފަހަރުގައި އެކަނި ކަނޑުމަށްޗަށް ނިކުތުމާއި ގުޅޭ

`

 

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

             އުނގޫފާރު، ދިވެހިރާއްޖެ                                 ނަންބަރު: IUL)303-AS/2019/20)             

އިޢުލާން

 

ކަނޑު އުޅަނދު ފަހަރުގައި އެކަނި ކަނޑުމަށްޗަށް ނިކުތުމާއިގުޅޭ

                     

             ކަނޑު އުޅަނދު ފަހަރުގައި އެކަނި ކަނޑުމަށްޗަށް ނިކުތުން އާންމުވެފައިވާތީ ދަންނަވަމެވެ. ކަނޑު އުޅަދަނދު ފަހަރުގައި އެކަނި ކަނޑުމައްޗަށް ނިކުމެ އުޅުމަކީ ރާއްޖޭގެ ޤަވާއިދުތަކުގައި މަނާކަމެއްގެ އިތުރުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަލާއިރުވެސް ނުރައްކާތެރިކަމެއްކަމުގައި މި ކައުންސިލުން ދެކެމެވެ. އެކަނި ކަނޑުމައްޗަށް ނިކުމެ އުޅުން މިހާރު އާންމުކަމަކަށްވެފައިވާކަން ފުލުހުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

           ވީމާ، މިރަށުގެ އަދި މިރަށުގައި ދިރުއުޅޭ އެއްވެސް ރައްޔިތަކު އެކަނި ކަނޑުމައްޗަށް ނުނިކުތުމަށް ނަސޭހަތްތެރިވެ އިލްތިމާސްކުރަމެވެ. މިފަދަ ކަންކަން ހުއްޓުވުމަށް އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ފާހަގަކުރަމެވެ. 

               11  ސައުބާން  1440     

               16  އެޕްރީލް   2019  

 

16 އޭޕްރިލް 2019
ހޯދާ