ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް :ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :1

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ 

ހިންނަވަރު، ދިވެހިރާއްޖެ

ނަންބަރު: IUL)326-HR/326/2019/15)  

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

252332

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް2                                              

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ، ޅ. ހިންނަވަރު

މުސާރަ:            

-/6295ރ (ހަހާސް ދުއިސައްތަ ފަންސަޔާނަވައި ރުފިޔާ)

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް ރުފިޔާ)

ސަޕޯޓިން ކޯ އެލަވަންސް

-/900ރ (ނުވަސަތޭކަ ރުފިޔާ)

 

އެހެނިހެން އެލަވަންސްތައް

  1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3.  ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައަޅާފައިވާނަމަ އެ ޢިނާޔަތްތައް)

 

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ބިންބިމާ ގޯތީގެ ރަޖިސްޓްރީއާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

2- ގޯތިގެދޮރާ ބިންބިމާބެހޭ ފައިލްތައް ބެލެހެއްޓުމާ ލިޔެކިޔުންތަކާ ރެކޯޑް ބެލެހެއްޓުން.

3- އުޅަނދު ފަހަރު ސަރވޭ ކުރުމާ، ސަލާމަތާއި ބެހޭ ސެޓްފިކެޓް ހެއްދުން.

4- ކުނި މެނޭޖްކުރުމާއި ބެހޭ މަސައްކަތް.

5- ޕެސްޓް ކޮންޓްރޯލް ކުރުމާއި ބެހޭ މަސައްކަތް.

6- ތިމާވެށިގެ މައްސަލަތަކާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް.

7- ކަރަންޓާ ފެނާ ނަރުދަމާއާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް.

8- ކަރަންޓް ކޭބަލް، ޓީ.ވީ ކޭބަލް، ފެންލައިން، ފާޚާނާހޮޅިލުމަށް ނުވަތަ އަދި މިނޫންވެސް އެފަދަ ކަމަކާ ގުޅިގެން ރަށުގެމަގު ކޮންނަންޖެހޭފަދަ ކަމަކާ ގުޅިގެން ދޫކުރަންޖެހޭ ހުއްދައާއި ލިޔުންތައް ލިޔުން.

9- ކުށުގެ މައްސަލަތަކާބެހޭ ލިޔުންތަކާ އަރުވައިލާ، ފޮނުވައިލާ އަދި ގޭބަންދުކުރެވޭ މީހުންގެ ލިޔުންތަކާ ރަޖިސްޓްރީއާއި ރެކޯޑް ލިޔެ ބެލެހެއްޓުން.

10-ގޯއްޗަށްއެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުމާބެހޭގޮތުން ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެމަސައްކަތްތަކާގުޅޭ ލިޔެކިއުންތަކާއި ރެކޯޑް ބެލެހެއްޓުން.

11-އެއްބުރިއަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށް ހުއްދަދިނުމާއި އެފަދަ ތަންތަން ޢިމާރާތްކުރުމާއިބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި ރެކޯޑް ބެލެހެއްޓުން.

12- ފުރަބަންޑާރަ ރައްޔިތުންގެ ރުއްގަހާބެހޭ އެންމެހާ މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމާ މިނޫންވެސް ރުއްގަހާބެހޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑް ލިޔެ ބެލެހެއްޓުން.

13-ގޭބިސީތަކުގެ މަޢުލޫމާތާއި ބިދޭސީންނާއިބެހޭ މަޢުލޫމާތާއި މިނޫންވެސް ޔުނިޓްގެ މަސައްކަތްތަކާއި ބެހޭގޮތުން   ބަލަހައްޓަންޖެހޭ ދަފްތަރުތައް ސްޕަވައިޒަރ ގެ ލަފާގެމަތިން ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

14-ޔުނިޓްގެ މަސައްކަތްތަކާބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި ލިޔުންތަކާބެހޭ ރެކޯޑާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

15-ޔުނިޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ގުޅިގެން ޔުނިޓްގެ ލިޔެކިއުންތަކާ ފައިލްތައް ބެލެހެއްޓުމާ މައްސަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުން.

16-ޔުނިޓުން ފޮނުވަންޖެހޭ އެންމެހާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ  ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސް ގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާ އެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

80

35

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

މަސައްކަތުގެ ތަޖުރިބާ

މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

40

ޖުމްލަ

245

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  ([email protected]) އަދި ފެކްސް 6620301 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2019 އޭޕްރީލް 23 އާ 2019 މެއި 05 އާއި ދެމެދު ހިންނަވަރު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް ކުރާނީ [email protected] އަށެވެ.

06  ޝަޢުބާން  1440

11  އޭޕްރީލް  2019

11 އޭޕްރިލް 2019
ހޯދާ