ޢާންމު މަޢުލޫމާތު
ނަންބަރު: 405-A/2019/11
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 28 އޭޕްރިލް 2017 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނައަހަރުގެ ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

 

އިޢުލާން

 

 

1440 ވަނައަހަރުގެ ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ:

 

1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތައް މި ކައުންސިލުން މިދަނީ ކުރަމުންނެވެ. މިގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 03 އޭޕްރީލް 2019 އިން 28 އޭޕްރީލް 2019 ވަނަދުވަހުގެ 13.00 ގެ ނިޔަލަށް ހުޅުވާލަމެވެ. ވުމާއިއެކު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް  03 އޭޕްރީލް 2019 ބުދަދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ 8.30 ން 13.00 އަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް މި ކައުންސިލުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.  

 ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

  27  ރަޖަބު   1440

  03   އެޕްރީލް 2019

 

04 އޭޕްރިލް 2019