ދިވެހިރާއްޖެ
ނަމްބަރު: (IUL)248-CAFA/248/2019/28
އިޢުލާން
ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ވުމާ ބެހޭ
1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި މުދަލު ޒަކާތުން ލިބުމަށްއެދޭ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލާ ގޮތަށް ހަމަޖެހިފައި ވުމާއެކު އެކަމަށް އެދޭ ފަރާތްތަކުން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފުރުއްވައި މިއިދާރާއަށް ހުށައެޅުއްވުމަށް ދެންނެވީމެވެ.
ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ދޫކޮށް ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން 28 އެޕްރީލް 2019 ވަނަ ދުވަހުގެ ނިއަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 ން 14:00 އަށެވެ.
ފޯމު ބަލައި ގަތުމަށް ހަމަ ޖެހިފައިވާ ސުންގަޑީގެ ފަހުން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ފޯމު ހުށައަޅުއްވާއިރު ފޯމާއެކު ގެންނަން ޖެހޭ ތަކެތި ހަމައަށް ގެންނެވުމަށް ސަމާލުކަން ދެއްވުމަށްވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
27 ރަޖަބު 1440
03 އެޕްރީލް 2019