މަސައްކަތް
ނަންބަރު: GS110/IUL/2019/19
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 15 އޭޕްރިލް 2019 12:30
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ށ. ގޮއިދޫ ސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ށ. ގޮއިދޫ ސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް

މި ސްކޫލުންކުރި އިޢުލާން ނަމްބަރ  GS110/IUL/2019/15  އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް، ތިންވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ.

މިސްކޫލުންދޭ ކުރެހުމާއި އެއްގޮތަށް މިސްކޫލުގެ އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

މި މަސްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2019 އޭޕްރިލް 15 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 އޭޕްރިލް 24 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ށ.ގޮއިދޫ ސްކޫލް އޮފީހުގައެވެ. ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާ މައުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.

ހ. "ށ.ގޮއިދޫ ސްކޫލް އޭވީ ރޫމްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރ

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ . 

04 އޭޕްރީލް 2019

04 އޭޕްރިލް 2019