ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރު: IUL)219-CS/1/2019/5) އިޢުލާން ގައިވާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 މެއި 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަޕްލާގެ މަސައްކަތްތަކާ ގުޅިގެން ކުރެވުނު އިޢުލާނުގެ ތިރީގައި މިދަންނަވާ މަސައްކަތްތަކަށް އެކަށީގެންވާވަރަށް ތަރުހީބު ލިބިފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
- ހޯލް ތައްޔާރު ކޮށްދިނުން (ސައުންޑްއާއި ލައިޓް އަދި ޑެކަރޭޝަންސް)
- ހަފްލާގެ ފޮޓޯ ނެގުން
ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 09 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.