މަސައްކަތް
ނަންބަރު: GS125/IUL/2019/10
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 15 އޭޕްރިލް 2019 13:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

c

ANGOLHITHEEM SCHOOL                                                       އަނގޮޅިތީމް ސްކޫލް   

ރ.އަނގޮޅިތީމް                                                                R.Angolhitheem   ދިވެހިރާއްޖެ                                                                 Republic of Maldives

 

                                                               ނަމްބަރ:GS125/IUL/2019/10

އިޢުލާން

 

ސުކޫލުގެ ސެކިއުރެޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

      މިސްކޫލުގެ ސެކިއުރެޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް 11 މާރޗް 2019ގައި ކުރި އިޢުލާން (އިޢުލާން ނަންބަރ GS125/IUL/2019/07  ) އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން  ހުށައެޅުއްވި އަންދާސީހިސާބުތައް ބާތިލްކޮށް 2019 އަހަރަށް ސުކޫލް ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކަމަށް ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ. 

  •      މަޢުލޫމާތު ދިނުން                                                                     :

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 15 އެޕްރީލް 2019ވާ ހޯމަ  ދުވަހުގެ މެންދުރުފަހު  13:00އަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.

  •       އަނދާސީހިސާބު ބަލައިގަތުމާއި، ކެނޑުން                                                     :

ސެކިއުރިޓީ ބަލަހައްޓާ ދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 21 އެޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސުކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަނަދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، " 2019 ވަނަ އަހަރަށް ރ.އަނގޮޅިތީމު ސުކޫލުގެ ސެކިއުރެޓީ ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމަތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.

                                 28 ރަޖަބު 1440  

                                               04 އެޕްރީލް 2019

04 އޭޕްރިލް 2019